ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުރުރާސްތާ 3މަސްދޯނީގެ އިންޖީނު އޮވަރހޯލް ކުރުމަށް ބޭނުންވާ ތަކެތި ހޯދުން

އިޢުލާން

 

 

ދުރުރާސްތާ 3މަސްދޯނީގެ އިންޖީނު އޮވަރހޯލް ކުރުމަށް ބޭނުންވާ ތަކެތި ހޯދުން:

 

                  މިރަށު ދުރުރާސްތާ 3 މަސްދޯނީގެ އިންޖީނު އޮވަރ ހޯލްކުރުމަށް ބޭނުންވާ ސާމާނު ހޯދައިދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ (IUL)384-A/2018/01 ނަމްބަރ އިޢުލާނާއި ގުޅިގެން ބިޑް ކާމިޔާބު ކުރިފަރާތުން ބިޑް ދޫކޮށްލާފައިވާތީ އަލުން މިތަކެތި ހޯދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިސާމާނު ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، 25 ޖަނަވަރީ 2018ވާ ބުރާސްފަތި ދުވަހު 13.00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ޖަނަވަރީ 2018ވާ އަންގާރަ ދުވަހުގެ 13:00އަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 މިނަމްބަރަށެވެ.

             

               މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

              04 ޖުމާދުލްއޫލާ 1439   

              21 ޖަނަވަރީ 2018

21 ޖަނަވަރީ 2018
ހޯދާ