ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
15 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 2018

15 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 20 މާރިޗު 2018 އިން 31 މާރިޗު 2018 އަށް ޝެޑިއުލް ކުރެވިފައިވުމާއި އެކު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ މިމުބާރާތުގެ ޓީމްއިވެންޓްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހައި ސްކޫލް/ މަދަރުސާތަކުން މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތްކުރާނެ ފޯކަލްޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެނަން، މަޤާމް އަދި ގުޅޭނެނަމްބަރ އެނގޭނެގޮތަށް 15 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ބެޑްމިންޓަންއެސޯސިއޭޝަންއަށް ލިޔުމުން ހުށައެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިންހަވީރު 16:00 އަށް މިއެސޯސިއޭޝަންގެ ފޯންނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މުބާރާތުގެ ޓީމް އިވެންޓްގެ އުމުރުފުރާތައް:

14 އަހަރުންދަށް، (އަންހެން / ފިރިހެން)

16 އަހަރުންދަށް، (އަންހެން / ފިރިހެން)

19 އަހަރުންދަށް، (އަންހެން / ފިރިހެން)

 

މުބާރާތުގެ އަމިއްލަ އިވެންޓްގެ އުމުރުފުރާތައް:

12 އަހަރުންދަށް، (ސިންގަލްސް)

14 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް)

16 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)

19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)

18 ޖަނަވަރީ 2018
ހޯދާ