ދިވެހިރާއްޖެ
ހިދާޔާ ސްކޫލް
ނ.މިލަދޫ
ނަމްބަރު:GS116(IUL) /2018/003
އިޢުލާން
ސްކޫލްގެ ސެކިއުރިޓީ އައުޓްސޯސް ކުރުމާއިބެހޭ
މިހިނގާ 2018 ވަނައަހަރަށް މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވެގެން 03 ޑިސެމްބަރ 2017 ގައި ކުރެވުނު މިސްކޫލުގެ ނަންބަރު GS116(IUL) /2017/016 އިޢުލާނާއިގުޅިގެން އެކަށީގެންވާ ޢަދަދަށް ކުރިމަތިލާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ގަނެވެން ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި އެސްޓިމޭޓް ހުށައެޅުމަށް ބަދަލުގައި ބޭފުޅަކު ދުރުވާނަމަ، އެކަން އެނގޭނެ ލިޔުމެއް ގެނައުމަށްވެސް ދަންނަވަމެވެ. އަދި މިކަމަށްއެދި ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަމްބަރު 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014 ) ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަމްބަރު 6560572 ފޯނާއި ގުޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
24 ޖެނުއަރީ 2018 ( ބުދަ ) ދުވަހުގެ 13:30 ގައި |
އެސްޓިމޭޓް ހުށައެޅުން |
05 ފެބުރުއަރީ 2018 ( ހޯމަ ) ދުވަހުގެ 13:30 ގައި |