ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
މި ކައުންސިލްގެ އިޢުލާން ނަންބަރު: IUL)312/312/2017/60 ހ14ޑސެމްބަރ 2017) ބާޠިލުކޮށް ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތްކުރާނެ މުވައްޒަފަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މަގާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަގާމުގެ ނަންބަރު: J-227490
ބޭނުންވާ އަދަދު: 01 (އެކެއް)
މަގާމުގެ ގިންތި: ދާއިމީ
މަގާމުގެ ރޭންކް: ޖީ. އެސް. 3
މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ސެކްޝަން: ކޯޕަރޭޓް އެފެއަރޒް
މަގާމް އޮތް އިދާރާ: މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ވަޒީފާ އަދާކުރަން ޖެހޭ ތަން: މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ، ރ. ކިނޮޅަސް
މުސާރަ: މަހަކު 4,465.00 ރުފިޔާ
ސަރވިސް އެލެވަންސް: މަހަކު 1,500.00 ރުފިޔާ
އިތުރު ޢިނާޔަތްތައް:
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ކައުންސިލަށް ހުށަހެޅޭ އެންމެހާ ލިޔެކިޔުންތައް ޖެމްސް ސިސްޓަމްއަށް އެންޓްރީކޮށް ބެލެހެއްޓުން.
- ޖެމްސް ސިސްޓަމް މެދުވެރިކޮށް އެންޓްރީވާ މައްސަލަތައް ސެކްޝަންތަކަށް ހަވާލުކުރުން.
- އޮފީހުގެ މެއިލް ދުވަހުން ދުވަހަށް ޗެކްކޮށް އަންނަ މެއިލްތައް އެންޓްރީކުރުން.
- ކައުންސިލް އިދާރާއަށް އެކިގޮތްގޮތުން ލިބޭ ފައިސާއާއި އެކިފަރާތްތަކުން ދައްކާ ފައިސާ ބަލައިގަނެ ޤަވާޢިދުން ހިސާބުތައް ބެލެހެއްޓުން.
- ހިނގާމަހު ކުރިއަށްއޮންނަމަހަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިއުންތައް ތައްޔާރުކޮށް ރަސްމީ އިދާރާތަކަށް ފޮނުވުން.
- އެކިފަރާތްތަކާއި ޙަވާލުކުރަންޖެހޭ ފައިސާ ޤަވާޢިދުން އެފަރާތްތަކާއި ޙަވާލުކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުން.
- ޖަމާކުރުމަށްޓަކައި ބޭންކަށާއި އެހެނިހެން ތަންތަނަށް ފޮނުވަންޖެހޭ ފައިސާ ފޮނުވުމާއި، ޖަމާކުރެވޭ ފައިސާގެ ހިސާބު ބެލެހެއްޓުން.
- ކޮންމެ އަހަރެއްގެވެސް ޖުލައިމަސް ނިމުމުގެކުރިން ޖެހިގެންއޮންނަ އަހަރުގެ ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް އަތޮޅުކައުންސިލަށް ފޮނުވުން.
- އަހަރުގެ ތެރޭގައި ކައުންސިލްގެ ބަޖެޓް ކޯޑުތަކަށް ގެންނަންޖެހޭ އުނިއިތުރު ގެނައުމުގެ މަސައްކަތާއި އެ ފައިސާ ބޭންކް އެކައުންޓަށް ޖަމާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
- މުވައްޒަފުންގެ މުސާރާއިގެ އެންމެހާ ކަންކަން ކުރުން.
- ފައިސާއާއި ބެހޭ އެކިއެކި ރިޕޯޓް ތައްޔާރުކޮށް މުއްދަތުގައި ފޮނުވުން.
- އުފަންދުވަހުގެ ރަޖިސްޓްރީ އަދި ސެޓްފިކެޓް ހައްދައިދިނުން.
- ރަށުގެ އާބާދީގެ ދަފްތަރު ލިޔެ ބެލެހެއްޓުން.
- އައިޑެންޓިޓީ ކާޑު ހެއްދުމާއިބެހޭ މަސައްކަތް ކުރުން.
- އިޖްތިމާޢީ ކަންކަމުގައާއި ތަރައްޤީގެ މަސައްކަތްތަކުގައި ބައިވެރިވުން.
16. އޮފީހުން ކުރިއަށް ގެންދާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
މަގާމުގެ ޝަރުތުތައް:
1. ބަޖެޓް އެންޑް ފައިނޭންސް، އޮފީސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ބަޖެޓް އެންޑް ފައިނޭންސް، އޮފީސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި ތަމްރީން
- އިމްތިޙާން (ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން)
- މަސައްކަތުގެ ތަޖްރިބާ
- ލިބިފައިވާ ހުނަރު (އިންޓަވިއު)
ނޯޓް: މި މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ވަޒީފާއަށް އެދޭ ފޯމު ރ. ކިނޮޅަހު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.kinolhahucouncil.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖަނަވަރީ 2018 ވާ އަންގާރަދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ކިނޮޅަހު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6580073 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 31 ޖަނަވަރީ 2018 އާއި 05 ފެބްރުއަރީ 2018 އާ ދެމެދު، ކިނޮޅަހު ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
މި މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580073 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6580073 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
21 ޖަނަވަރީ 2018