ދިވެހިރާއްޖެ
ރިކުއެސްޓް ފޯރ ޕްރޮޕޯސަލް
ނަމްބަރު: TCL/PROC-TA/2018/007
ކ.ތިލަފުށީގައި ބޯޓްޔާރޑެއް ހިންގުމަށް 60,000 (ފަސްދޮޅަސް ހާސް) އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް ބޭނުންވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބު ލިބިފައި ނުވާތީވެ އިޢުލާން ނަމްބަރު (TCL/PROC-TA/2018/005) ބާޠިލްކޮށް އަލުން މި ފުރުޞަތު ހުޅުވާލައި ޕްރޮޕޯސަލް ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
މަޢުލޫމާތު ބައްދަލުވުން އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން |
ޓީސީއެލް ހެޑް އޮފީސް |
ބުދަ |
24 ޖެނުއަރީ 2018 |
13:30 ގައި |
ޕްރޮޕޯސަލް ހުށައެޅުން އަދި ހުޅުވުން |
ޓީސީއެލް ހެޑް އޮފީސް |
ބުދަ |
31 ޖެނުއަރީ 2018 |
13:30 ގައި |
ބީލަން ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދެއްވަންވީ ކަންކަން:
- ޕްރޮޕޯސަލް ހުށަހަޅާއިރު ސެކިއުރިޓީގެ ގޮތުގައި 25,000ރ. (ފަންސަވީސް ހާސް ރުފިޔާ)ގެ ބިޑު ސެކިއުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ.
- ހުށަހަޅުއްވާ ބީލަމުގެ ބިޑް ވެލިޑިޓީގެ މުއްދަތު މަދުވެގެން 120 (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
- ބީލަން ހުށަހަޅުއްވަންވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
މި ބީލަމަށް ޕްރޮޕޯސަލް ހުށަހެޅޭނީ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މިކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
21 ޖަނަވަރީ 2018
04 ޖުމާދަލްއޫލާ 1439
Fen Building/ 4th floor ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ
Ameenee Magu, Male’, Republic of Maldives އަމީނީމަގު، މާލެ، ދިވެހިރާއްޖެ
Tel: 3307513 Fax: 3307514 ފޯން: 3307513،3307515 ފެކްސް: 3307514