އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ލޯގޯ ފަރުމާކުރުން

މި އަތޮޅުގެޞިއްޙީ ޚިދުމަތަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ގޯލްޑަން ޖުބްލީ އަހަރު ގެ ގޮތުގައި މިއަހަރު ހިންގާ ހަރަކާތް ތަކުގައި ބޭނުން ކުރުމަށް ލޯގޯ އެއް ހަދަން ބޭނުންވެއެވެ.

 މިގޮތުން ހުށައަޅާ ލޯގޯތަކުގެ ތެރެއިން މި މުނާސަބަތުގައި ބޭނުން ކުރުމަށް ހޮވޭ ލޯގޯއަކަށް -/20،000 (ވިހިހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

ލޯގޯފަރުމާކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް

  • މި ލޯގޯއިން އަރި އަތޮޅު ޞިއްޙީ ޚިދުމަތަށް 50 އަހަރު ފުރިފައިވާކަން ރަމްޒު ކޮށް ދިނުން
  • އެއްވެސްތަނެއްގައި ބޭނުންކުރަމުންދާ ލޯގޯއަކަށް ނުވުން ( ކޮޕީ އަކަށް ނުވުން )
  • އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗަކަށް ނުވުން
  • ޤައުމީ ކުލަތަށް (ފެހި،ރަތް އަދި ހުދު ) ބޭނުން ކޮށްގެން ފަރުމާކުރެވިފައިވާ ލޯގޯ އަކަށް ވުން
  • އދ. އަތޮޅަށް ނިސްބަތް ކުރެވޭ ޚާއްޞަ ސިފައެއް ރަމްޒު ކޮށްދޭ އެއްޗަކަށް ވުން
  • 20mm x 20mm އަށް ކުޑަކުރުމުން ލޯގޯގެ އަސްލު ނުގެއްލުން
  • ލޯގޯއިން ރަމްޒު ކޮށްދޭ އެއްޗެއްގެ ތަފްސީލު ހުށަ އެޅުން
  • މައުދަނުގައި ނުވަތަ ފައިބަރ ގައި ކަނޑާ ނަގައިގެން ސިފަ ފާޅު ކުރެވޭނެ ގޮތަށް ފަރުމާ ކުރެވިފައިވުން
  • ހުށައަޅާ ލޯގޯގެ ކުލަ އަދި ކަޅާއި ހުދު ( ބްލެކް އެންޑް ވައިޓް ) ހާޑް އަދި ސޮފްޓް ކޮޕީ ހުށައަޅަން ވާނެއެވެ

ވީމާ، ލޯގޯ ފަރުމާ ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ފެބްރުއަރީ 2018 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން ފަރުމާ ކުރެވިފައިވާ ލޯގޯ އާއި ލޯގޯ ފަރުމާ ކުރެއްވި ފަރާތުގެ ވަނަވަރު މިހޮސްޕިޓަލް އަށް ހުށަހެޅުއްވުން  އެދެމެވެ. މިގޮތުން ހުށައަޅާ ސިޓި އުރައިގެ ބޭރުގައި " 50 އަހަރުގެ ޞިއްހީ ހީދުމަތުގެ ލޯގޯ ފަރުމާކުރުން " ޖައްސަވަންވާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ފަރާތްތަކުން މިހޮސް މިހޮސްޕިޓަލްގެ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.   

21 ޖަނަވަރީ 2018
ހޯދާ