ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،
ފަޅުމަތީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3345252 (960+)
http://www.mnu.edu.mv
ނަންބަރ: 153-FHTS-2018-01
އިޢުލާން
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން
މި ފެކަލްޓީގެ ކޯސްތަކުގެ ތެރެއިން ތިރީގައިވާ މާއްދާތައް 2018 ޓާރމް 1 ގައި ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރުން ބޭނުންވެއެވެ.
No. of Part-Time Lecturers Needed |
Module Name |
Course Name |
# |
1 |
First Aid and Firefighting (Authorization certificates / permits are required) |
Certificate 3 in Front Office Certificate 3 in Culinary Arts |
1 |
1 |
English language |
Certificate 3 in Front Office |
2 |
1 |
Foundation of soups, stocks and sauces |
Certificate 3 in Culinary Arts |
3 |
1 |
Tourism and Hospitality Marketing |
Advance Certificate in Hospitality and Tourism Studies Diploma in Hospitality Management Diploma in Tourism Management |
4 |
1 |
Business of Travel and Tourism |
Diploma in Tourism Management |
5 |
1 |
Risk Management |
Bachelor of International Hospitality Management |
6 |
1 |
Food Safety, Sanitation and Nutrition |
Bachelor of Hospitality Management (Culinary Arts and Food Service Management) |
7 |
1 |
Contemporary Issues in Tourism |
Bachelor of International Tourism Management |
8 |
ޝަރުތު:
- ސެޓްފިކެޓް ލެވެލް 3، އެޑްވާންސް ސެޓްފިކެޓް ލެވެލް ނުވަތަ ޑިޕްލޮމާ ލެވެލް ކޯހުގެ މާއްދާއެއް ނަމަ، މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- ބެޗްލަރ ޑިގްރީ ލެވެލް ކޯހުގެ މާއްދާއެއް ނަމަ، މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.
- ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މީގެ އިތުރުން ކުރިމަތިލައްވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.
އުޖޫރަ:
- ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ
- ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ
- ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ
- ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ
- މީގެ އިތުރުން މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް -/35 ދިވެހިރުފިޔާ
އެޕްލިކޭޝަން ސިޓީއާއިއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
އިތުރު މަޢުލޫމާތު:
- ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ. 2018 ޓާރމް 1 ގެ ކުލާސްތައް ފެއްޓޭނީ 28 ޖަނަވަރީ 2018 ގައެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345251 ނުވަތަ 3345252 ނަންބަރާ ގުޅުއްވުން އެދެމެވެ.
ސުންގަޑި:
- މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 23 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި ފެކަލްޓީގެ ތިން ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޓިވް އޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. އީ-މެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected] އަށެވެ.
18 ޖަނަވަރީ 2018