ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިއްދޫ ކައުންސިލުން ފޯރުކޮށްދޭ އެކިއެކި ޚިދުމަތްތަކަށް ނަގާ ފީތައް ޢާންމުކުރުން

މި އިޢުލާންވަނީ 30 ޖަނަވަރީ 2018 16:03 ގައި ބާތިލް ކުރެވިފައެވެ.


ހއ ދިއްދޫ ކައުންސިލުން ފޯރުކޮށްދޭ އެކިއެކި ޚިދުމަތްތަކަށް ނަގަމުން އަންނަ ފީތައް ރައްޔިތުންނަށް އެއް ތަނަކުން ފަސޭހައިން ފެންނާނެ ގޮތަށް ޢާންމުކުރުމަކީ މުހިންމު ކަމެއް ކަމުގައި މި ކައުންސިލުން ދެކެމެވެ. އަދި އެ ގޮތުން، ދިއްދޫ ކައުންސިލުން ފޯރުކޮށްދޭ އެކިއެކި ޚިދުމަތްތަކަށް ނަގާ ހުރިހާ ފީތައް ދިއްދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 25 ވަނަ ޢާންމު ޖަލްސާއިންނާއި 26 ވަނަ ޢާންމު ޖަލްސާއިންނާއި 27 ވަނަ ޢާންމު ޖަލްސާއިން ވަނީ ފާސްކުރައްވައި، ޢާންމުކުރެއްވުމަށް ނިންމަވާފައެވެ. އަދި އެ ނިންމުމަށް 1 ފެބްރުއަރީ 2018 އިން ފެށިގެން ޢަމަލުކުރުމަށް ވެސް ވަނީ ނިންމަވާފައެވެ.

ވީމާ، ހއ ދިއްދޫ ކައުންސިލުން އެކިއެކި ޚިދުމަތްތަކަށް ނަގާ ފީތައް ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އިޢުލާންކުރީމެވެ. 

 

1 ޖުމާދިލްއޫލާ 1439

 

18 ޖަނަވަރީ 2018


 

ދިއްދޫ ކައުންސިލުން އެކިއެކި ޚިދުމަތްތަކަށް ނަގާ ފީތައް

  1. އުފަން ދުވަހުގެ ރަޖިސްޓްރީ އަލަށް ހެދުމަށް: -/100 ރ
  2. އުފަން ދުވަހުގެ ރަޖިސްޓްރީ ގެއްލިގެން ހެދުމަށް: -/150 ރ
  3. އުފަން ދުވަހުގެ ރަޖިސްޓްރީ އާކުރުން/މަޢުލޫމާތު ބަދަލުވުން: -/50 ރ      
  4. އުފަން ދުވަހުގެ ސެޓްފިކެޓް އަލަށް ހެދުމަށް: -/100 ރ      
  5. އުފަން ދުވަހުގެ ސެޓްފިކެޓް ގެއްލިގެން ހެދުމަށް: -/150 ރ
  6. އުފަން ދުވަހުގެ ސެޓްފިކެޓް އާކުރުން/މަޢުލޫމާތު ބަދަލުވުން: -/50 ރ      
  7. ބިމުގެ ރަޖިސްޓްރީ އަލަށް ހެދުމަށް (އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް): -/250 ރ
  8. ބިމުގެ ރަޖިސްޓްރީ އަލަށް ހެދުމަށް (ދައުލަތުގެ އިދާރާތަކަށް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/500 ރ     
  9. ބިމުގެ ރަޖިސްޓްރީ ގެއްލިގެން ހެދުމަށް (އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް): -/300 ރ  
  10. ބިމުގެ ރަޖިސްޓްރީ ގެއްލިގެން ހެދުމަށް (ދައުލަތުގެ އިދާރާތަކަށް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/1000 ރ
  11. ބިމުގެ ރަޖިސްޓްރީ އާކުރުން/މަޢުލޫމާތު ބަދަލުވުން (އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް): -/100
  12. ބިމުގެ ރަޖިސްޓްރީ އާކުރުން/މަޢުލޫމާތު ބަދަލުވުން (ދައުލަތުގެ އިދާރާތަކަށް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/500 ރ   
  13. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަލަށް ހެދުމަށް (އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް): -/250 ރ      
  14. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަލަށް ހެދުމަށް (ދައުލަތުގެ އިދާރާތަކަށް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/500 ރ      
  15. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހެދުމަށް (އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް): -/300 ރ   
  16. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހެދުމަށް (ދައުލަތުގެ އިދާރާތަކަށް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/1000
  17. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އާކުރުން/މަޢުލޫމާތު ބަދަލުވުން (އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް): -/100 ރ    
  18. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އާކުރުން/މަޢުލޫމާތު ބަދަލުވުން (ދައުލަތުގެ އިދާރާތަކަށް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/500 ރ    
  19. ސްޓޭޖް ކުލި 24 ގަޑިއިރަށް (އަމިއްލަ ފަރާތްތަކަށް، ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތްތަކަށް، ސިޔާސީ ޕާޓީތަކަށް): -/150 ރ      
  20. ސްޓޭޖް ކުލި 24 ގަޑިއިރަށް (އަމިއްލަ ވިޔަފާރިތަކަށް): -/300 ރ
  21. ސްޓޭޖް ކުލި 24 ގަޑިއިރަށް (ދައުލަތުގެ އިދާރާތައް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/600 ރ  
  22. އޮޑިހަރުގެ (ވަގުތީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (ދިއްދޫގައި ރަޖިސްޓްރީ އޮންނަ އޮޑިފަހަރު): 15 ލާރި     
  23. އޮޑިހަރުގެ (ވަގުތީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (ދިއްދޫ ފިޔަވާ އެހެން ރަށުގައި ރަޖިސްޓްރީ އޮންނަ އޮޑިފަހަރު): 20 ލާރި
  24. އޮޑިހަރުގެ (ވަގުތީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (އަމިއްލަ ވިޔަފާރިތަކަށް): 30 ލާރި
  25. އޮޑިހަރުގެ (ވަގުތީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (ދައުލަތުގެ އިދާރާތައް، ސަރުކާރު/ޕަބްލިކް ކުންފުނި): -/1 ރ
  26. އޮޑިހަރުގެ (ދާއިމީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް): -/1 ރ
  27. އޮޑިހަރުގެ (ދާއިމީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/2 ރ   
  28. ވިޔަފާރި (ވަގުތީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (އަމިއްލަ ވިޔަފާރިތަކަށް): 15 ލާރި   
  29. ވިޔަފާރި (ވަގުތީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (ދައުލަތުގެ އިދާރާތައް، ސަރުކާރު/ޕަބްލިކް ކުންފުނި): 50 ލާރި
  30. ވިޔަފާރި (ދާއިމީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (އަމިއްލަ ވިޔަފާރިތަކަށް): -/1 ރ
  31. ވިޔަފާރި (ދާއިމީ) ބިމު ކުލި މީލާދީ ކޮންމެ މަހަކު އަކަ ފޫޓަކަށް (ދައުލަތުގެ އިދާރާތައް، ސަރުކާރު/ޕަބްލިކް ކުންފުނި):  -/2 ރ
  32. ދިއްދޫ ރަށްވެއްސަކަށްވުމުގެ ސެޓްފިކެޓް ފީ: -/100 ރ
  33. ދިއްދޫ ރަށްވެހިކަމުން ވަކިވުމުގެ ސެޓްފިކެޓް ފީ: -/100 ރ
  34. ދިއްދޫގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ ލިޔުން: -/100 ރ
  35. ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކަށް ކާކުކަން އަންގައިދިނުމުގެ ގޮތުން ދޫކުރާ ލިޔުން: -/100 ރ   
  36. ދިއްދޫގައި ވިޔަފާރިކުރާ ކަމުގެ ލިޔުން: -/100 ރ           
  37. ވިޔަފާރި ހުއްދަ ބާޠިލްކުރުމުގެ ލިޔުން: -/100 ރ
  38. މަގުމަތީގައި ވިޔަފާރިކުރުމަށް ބަހައްޓާ ގާޑިޔާ އަދި މޭޒު ފީ: -/300 ރ    
  39. ޑޮކިއުމެންޓް ސްކޭންކުރުން (ގަނޑެއްގެ އެއް ފުށް): -/5 ރ
  40. ފޮޓޯކޮޕީ ނެގުން (ގަނޑެއްގެ އެއް ފުށް): -/2 ރ
  41. ޑޮކިއުމެންޓް އެޓެސްޓް ކުރުން (އެއް ލިޔުން): -/5 ރ
  42. ދިދަ ދަނޑީގެ ކުލި 24 ގަޑިއިރަށް (އަމިއްލަ ފަރާތްތަކަށް، ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތްތަކަށް، ސިޔާސީ ޕާޓީތަކަށް)    : -/2 ރ 
  43. ދިދަ ދަނޑީގެ ކުލި 24 ގަޑިއިރަށް (އަމިއްލަ ވިޔަފާރިތަކަށް): -/3 ރ
  44. ދިދަ ދަނޑީގެ ކުލި 24 ގަޑިއިރަށް (ދައުލަތުގެ އިދާރާތައް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/5 ރ
  45. ގޮނޑީގެ ކުލި 24 ގަޑިއިރަށް (އަމިއްލަ ފަރާތްތަކަށް، ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތްތަކަށް، ސިޔާސީ ޕާޓީތަކަށް):-/2 ރ
  46. ގޮނޑީގެ ކުލި 24 ގަޑިއިރަށް (އަމިއްލަ ވިޔަފާރިތަކަށް): -/3 ރ
  47. ގޮނޑީގެ ކުލި 24 ގަޑިއިރަށް (ދައުލަތުގެ އިދާރާތައް، ސަރުކާރު/ޕަބްލިކް ކުންފުނިތަކަށް): -/5 ރ
  48. ފެން ޕަމްފު ކުލި ގަޑިއިރަކަށް: -/300 ރ
  49. ބިމު ކުލި އަކަފޫޓަކަށް މަހަކު (އަމިއްލަ ފަރާތްތަކަށް): -/1 ރ
  50. ބިމު ކުލި އަކަފޫޓަކަށް މަހަކު (ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކަށް): -/2 ރ
  51. ޕްރީ ސްކޫލް ފީ މަހަކު (ބޭބީ ނަރސަރީ، އަދި ނަރސަރީ ދަރިވަރުންނަށް): -/300 ރ
  52. ވިޔަފާރި ރަޖިސްޓްރީ ސެޓްފިކެޓް ގެއްލިގެން އަލުން ހަދައިދިނުމަށް: -/100 ރ
  53. ސްޓާފް ކްރެޑިޓް ސްކީމްގެ އިދާރީ ފީ: %7 

------------------------------------

18 ޖަނަވަރީ 2018
ހޯދާ