ދިވެހިރާއްޖެ
`
"އިޤްތިޞާދީ ފުދުންތެރިކަން –އިޖްތިމާއީ ހަމަޖެހުން" |
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
އިހަވަންދޫ
ދިވެހިރާއްޖެ ނަމްބަރު: (IUL)248-ESMSMS/248/2018/5
އިޢުލާނު
2018 ވަނަ އަހަރު އިހަވަންދޫގެ އިޖުތިމާއީ ސަރަޙައްދުތައްސާފުކޮށް ބެލެހެއްޓުން
އިޖުތިމަޢީ ސަރަޙައްދު 2018 ވަނަ އަހަރު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ވަނީ ބޭނުންވެފައެވެ.
ވީމާ، އެމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 10.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 30 ޖަނަވަރީ 2018 އަންގާރަ ދުވަހުގެ 10.30 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.
މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށް ދެއްވޭނީ، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް،ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނާރޝިޕް ، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް (ކުރުމަށް ހުއްދަ ލިބިފައިވާ މަސައްކަތާއެކު) ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.
އަދި ދަންނަވަމެވެ. މިއިދާރަގެ ނަމްބަރު: (IUL)248-ESMSMS/248/2018/1 (03 ޖަނަވަރީ 2018 ގެ) އިޢުލާނަށް ދެ ފަރާތުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވާތީ އެއިއުލާނު ބާޠިލްކޮށްފީމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް 2018 ވަނަ އަހަރުގެ އިހަވަންދޫ އިޖްތިމާއީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
01 ޖުމާދަލްޢޫލާ 1439
18 ޖަނަވަރީ 2018