މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް

މިސްކޫލްގެ ނަންބަރ:GS47/2018/05 އިއުލާނުގައި ކަނޑައެޅިފައިވާ އަދަދަށް ސެކިއުރިޓީ ބަލަހައްޓައިދިނުމަށް މީހުން ކުރިމަތިލާފައި ނުވާތީ އެ އިޢުލާން  ބާޠިލްކޮށް ދެވަނަ ފަހަރަށް އިއުލާން ކުރީމެވެ.

 

މަޤާމް :   ސެކިއުރިޓީ     

ބޭނުންވާ އަދަދު: 06      

މަޤާމުގެ ގިންތި: ވަގުތީ   

މަޤާމުގެ ރޭންކް: އެސް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާރފް

ސެކްޝަން: އެޑްމިން

މަޤާމު އޮތް އޮފީސް : މޭނާސްކޫލް / ނ. ހޮޅުދޫ

ވަޒީފާ އަދާ ކުރަންޖެހޭ ތަން : މޭނާސްކޫލް / ނ. ހޮޅުދޫ

މުސާރަ: މަހަކު 4100 ރުފިޔާ

ކޮންޓްރެކްޓްގެ މުއްދަތް: 1 އަހަރު

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-          މިސްކޫލުން އަންގަވާ ގޮތެއްގެ މަތިން ސެކިއުރިޓީ ބެލެހެއްޓުން

 

މަޤާމުގެ ޝަރުތުތައް :

ލިޔަން ކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

 

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

-މަސައްކަތުގެ ހުނަރާއި،ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

 

 

 ހުށަހަޅަންޖެހޭ ލިޔުންތައް:

1-  ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-   ވަޒީފާ އަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 

4-  ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް،

އެމުއައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި،

ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ތަކުގެ  

  ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިއުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6-   ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-  ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.

 

8-   މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތަކުގެ ކޮޕީ.

(ހ) ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މޭނާސްކޫލް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ގެ   ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ޖެނުއަރީ 2018 ވާ އާދިއްތަދުވަހުގެ 13:00 ގެ ކުރިން،  މޭނާސްކޫލް ކައުންޓަރަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ.

  އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ  6560001އެވެ. އެޕްލިކޭޝަން  ފޯމާއެކު  ހުށަހަޅަންޖެހޭ  ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަނަމަ އެބައިވެސް ހިމެނުން) އޮންނާނެތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2018 ޖެނުއަރީ 22 ން 25 އާއި ދެމެދު ގެ ތާރީޚެއްގައި މޭނާ ސުކޫލްގައެވެ. ވުމާއިއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއު އަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން:

   މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު (10) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލާ، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތައް ބަލާ ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

        މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: %25

އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560001 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560001 އެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

30 ޖުމާދުލް އާޚިރާ 1439  

17 ޖެނުއަރީ 2018

17 ޖަނަވަރީ 2018
ހޯދާ