ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންޓަރ ސްކޫލް 2018

                                                                        ނަންބަރު:FAM/IUL/2018/0004

އިއުލާން

              މިއެސޯސިއޭޝަންއިން ރާވައިގެން ހިންގަމުން ގެންދާ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް މިއަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހިންގަމުން ގެންދާ އެކިއެކި ސްކޫލް، މަދަރުސާ އަދި ކޮލެޖް ފެންވަރުގެ ތަންތަނަށެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިރީގައި އެވާ އުމުރު ފުރާތަކަށެވެ.

1- ސާދަ އަހަރުން ދަށް.    (U-14)

2- ސޯޅަ އަހަރުން ދަށް.     (U-16)  

4- އަށާރަ އަހަރުން ދަށް.    (U-18)

އެކިއެކި އުމުރުފުރާތަކުގެ މުބާރާތް ފަށާ ތާޜީޙްތަށް:

1-   ސާދަ އަހަރުން ދަށް. (U-14)  – 20 ފެބްރުއަރީ އިން 12 މާރޗް 2018 ގެ ނިޔަލަށް.

2-   ސޯޅަ އަހަރުން ދަށް. (U-16)  – 1 އޭޕްރީލް އިން 30 އޭޕްރީލް 2018 ގެ ނިޔަލަށް.

3-   އަށާރަ އަހަރުން ދަށް. (U-18) – 15 މާރޗް އިން 31 މާރޗް 2018 ގެ ނިޔަލަށް.

އެކިއެކި އުމުރުފުރާތަކުގެ ޓީމް ލިސްޓް ހުށައަޅަންޖެހޭ ތާރީޙް:

1-      ސާދަ އަހަރުން ދަށް. (U-14)  -- 11 ފެބްރުއަރީ 2018 ވާ އާދިއްތަ ދުވަހުގެ 16:00 ގެ ކުރިން.

2-      ސޯޅަ އަހަރުން ދަށް. (U-16)  -- 20 މާރޗް 2018 ވާ އާދިއްތަ ދުވަހުގެ 16:00 ގެ ކުރިން.

3-      އަށާރަ އަހަރުން ދަށް. (U-18) – 04 މާރޗް 2018 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން.  

 

              މިމުބާރާތުގައި ބައިވެރިވުމަށް އެދޭ އެކި އެކި ސްކޫލް، މަދަރުސާ އަދި ކޮލެޖް ފެންވަރުގެ ތަންތަނުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 04 ފެބްރުއަރީ 2018 ވަނަ ދުވަހުގެ 15:30 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުމަށް ދަންނަވަމެވެ.  

               

              16 ޖެނުއަރީ 2018    

16 ޖަނަވަރީ 2018
ހޯދާ