މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މިނަމާޓާ އިނިޝިއަލް އެސެސްމަންޓް ހެދުމަށް ޓެކްނިކަލް އެޑްވައިޒަރ އެއް ހޯދުމާބެހޭ

ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު

މިނަމާޓާ ކޮންވެންޝަނަކީ، މާކިއުރީ މާއްދާއިން ފޯރާ ނޭދެވޭ އަސަރުތަކުން އިންސާނުންގެ ސިއްހަތާއި ތިމާވެށި ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަޣްވާމީ ކޮންވެންޝަނެކެވެ. ދިވެހިރާއްޖޭން މި ކޮންވެންޝަން ތަސްދީޤުކޮށް ތަންފީޒުކުރުމަށް އެހީވުމުގެގޮތުން ކުރިޔަށްގެންދާ "ޑިވެލޮޕްމަންޓް އޮފް މިނަމާޓާ އިނިޝިއަލް އެސެސްމަންޓް އިން މޯލްޑިވްސް" މަޝްރޫޢުއަކީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި މި މިނިސްޓްރީއާ ގުޅިގެން ހިންގާ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެދަށުން ހަދަންޖެހޭ "މިނަމާޓާ އިނިޝިއަލް އެސެސްމަންޓް" އާއި މި އެސެސްމަންޓް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް (ޓީ.އޯ.އާރު ގައި ބަޔާން ކޮށްފައިވާގޮތަށް) ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތައް ހޯދުމަށް 09 ޖަނަވަރީ 2018 ގައި ކުރެވުނު ނަންބަރު IUL)438-ENV/438/2018/12) އިޢުލާނަށް އެކަށީގެންވާ ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އަލުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މި މަސައްކަތް ކުރުމަށް އެދި ހުށަހަޅަންވާނީ އިންޑިވިޑުއަލް ކޮންސަލްޓަންޓެކެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފެރެންސް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރަ:

މި މަސައްކަތަށް ޖުމްލަ 180,000ރ (އެއް ލައްކަ އަށްޑިހަ ހާސް ރުފިޔާ) ވަނީ ކަނޑައެޅިފައެވެ. ތަފްސީލް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައި ވާނެއެވެ.

ހުށަހަޅަށްޖެހޭ ތަކެތި:

  • އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (ސިޓީ)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު/ ޕާސްޕޯޓު ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ސުންގަޑި

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 24 ޖަނަވަރީ 2018 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯސަލް" ހުށަހެޅުއްވުންއެދެމެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392 ، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

ފޯނު ނަންބަރު: +9603018306 ، 3018329+960

 

16 ޖަނަވަރީ 2018
ހޯދާ