ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (IUL)468-U02/468/2018/1:ނަމްބަރ ތާރީޚް: 14 ޖެނުއަރީ 2018 |
||
މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. |
||
މަޤާމް |
އެސިސްޓެންޓް ޑިރެކްޓަރ |
|
މަޤާމްގެ ނަންބަރ |
J-289841 |
|
ބޭނުންވާ ޢަދަދު |
1 (އެކެއް ) |
|
މަޤާމްގެ ގިންތި |
ދާއިމީ |
|
ރޭންކް |
އެމް. އެސް. 3 |
|
ކްލެސިފިކޭޝަން |
އެސިސްޓެންޓް ޑިރެކްޓަރ / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް1 |
|
އޮފީސް/އިދާރާ |
ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާ |
|
ސެކްޝަން/ޔުނިޓް |
ޑިވެލޮޕްމެންޓް ސަރވިސް ސެކްޝަން، ޕޮލިސީ،ޕްލޭނިންގ އެންޑް ޕްރޮޖެކްޓް ޔުނިޓް |
|
މަޤާމް އޮތް އޮފީސް |
ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާ |
|
މުސާރަ |
-/7035 ރުފިޔާ |
|
ސަރވިސް އެލަވެންސް |
-/2000 ރުފިޔާ |
|
އިތުރު ޢިނާޔަތްތައް |
- ސިވިލްސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ - ސިވިލްސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
|
|
މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް |
1– ފުވައްމުލަކު ތަރައްޤީގެ ޕްލޭން ފުރިހަމަކުރުމަށްޓަކައި ކައުންސިލުން ރާވާ ކަންތައް ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުން 2 – ފުވައްމުލަކުގެ ތަރައްޤީއަށް ބޭނުންވާ އެކިއެކި މަޝްރޫޢުތައް ރޭވުމަށްޓަކައި ބޭނުންވާ ދިރާސާތައް ކޮށް މަޢުލޫމާތު އެއްކުރުމާއި އެމަޝްރޫޢުތައް ހިނގާ ނުހިނގާ ގޮތް ބެލުން 3 – ފުވައްމުލަކުގެ ތަރައްޤީގެ ޕްލޭނަށް ބިނާކޮށް ކުރިއަށް އޮތް އަހަރު ބަޖެޓްގައި ހިމަނަން ބޭނުންވާ ޕްރޮޖެކްޓް ތަކުގެ ތަފްޞީލް، ބަޖެޓް ސެކްޝަނަށް ފޮނުވުމާއި ކުރިއަށް އޮތް އަހަރުގެ ވޯކްޕްލޭން ހެދުން 4 – އިޤްތިޞާދީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދާ މިލްކު ކުރުމުގެ މަސައްކަތް 6 - ފުވައްމުލަކުގެ ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށްޓަކައި ބޭނުންވާ ޕްލޭންތައް ހެދުން 7- ފުވައްމުލަކުގެ ތިމާވެށީގެ ޙާލަތަށް އަންނަ ބަދަލްތައް ދަނެގަނެ ތިމާވެށިޙިމާޔަތް ކުރުމަށްޓަކައި ހަދަންޖެހޭ ޕްލޭންތައް ހެދުން 8 – ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށްޓަކައި ކުރެވޭނެ ކަންކަމާބެހޭ ގޮތުން ދިރާސާ ކުރުމާއި އެކަމާ ގުޅޭ ޕްލޭންތައް ހެދުން 9- ފުވައްމުލަކުގެ ތަރައްޤީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 4 މަސްކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒް ކޮށް ކުރިއަށް އޮންނަ 5 އަހަރުގެ ތަރައްޤީގެޕްލޭން އެކުލަވާލުން 10 – ކައުންސިލުން ހިންގާ އެކިއެކި ޙަރަކާތްތަކާއި، ޚާއްޞަ ޙާލަތްތަކާ ގުޅިގެން ދިމާވާ ކަންތައްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ އެހީތެރިވުން 11 – ޑިވެލޮޕްމެންޓް ސަރވިސްގެ ޑިރެކްޓަރގެ މަޝްވަރާގެ މަތިން ޕޮލިސީ ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް ޔުނިޓްގެ އެންމެހައި ކަންތައް ހިންގާ ބެލެހެއްޓުން
|
|
މަޤާމުގެ ޝަރުޠު |
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
- ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް: %40 - ސިވިލްސާވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން: %5 - ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ: % 17 - އިންޓަރވިއު އަދި ޕްރެޒެންޓޭޝަން: %38 |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް(އެޕްލިކޭޝަންފޯމް ފުވައްމުލަކު ސިޓީ ކައުންސިލްއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ) 2- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު(ގުޅޭނެ ފޯންނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް) 3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އެއް 4- ސިވިލްސާވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރަމުންދާ އޮފީހުގެ ރަސްމީ ލިޔުމެއް. 5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ(މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ) (ހ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސްތައް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ (ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމް ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ (ނ) ސިވިލްސާވިސް ޓްރެއިނިންގ އިނސްޓިޓިއުޓުން ހިންގަވާ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ 6- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ 7- ސިވިލްސާވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ 8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުން ތަކުގެ ކޮޕީ (ހ) ސިވިލްސާވިސް އިން ބޭރުވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލައިންސްޓިޓިއުޓެއް، ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި، ކުރިމަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އިދާރާ އަކުން ދޫކޮށްފައިވާ ލިޔުން
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
- ދިވެހިސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.) - މިވަޒީފާއަށް ޝައުޤުވެރިލައްވާ ފަރާތްތަކުން ދިވެހި ސިވިލް ސަރވިސްގެ ވަޒީއަށް އެދި ހުށަހަޅުއްވަންޖެހޭ ފޯމް ފުރުއްވައި 25 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ ފޯމް ބާޠިލް ކުރެވޭނެއެވެ. |
|
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު |
މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއި އެކު ބާއްވާ އިންޓަރވިއު އަދި ޕްރެޒެންޓޭޝަން މި އިޢުލާނުގެ މުއްދަތު ހަވަމާތާ ރަސްމީ 5 ދުވަސްދުވަހުގެ ތެރޭގައި މިއިދާރާގައި ބޭއްވޭނެއެވެ. ދިމާވާ ސަބަބަކާ ހުރެ އިންޓަވިއު އަދި ޕްރެޒެންޓޭޝަން ފަސްވާނަމަ އެފަރާތްތަކަށް އެކަން އެންގޭނެއެވެ. |
|
ޝޯޓް ލިސްޓް ކުރުން |
މިވަޒީފާއަށް އެދިހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
މަޤާމަށް މީހަކު ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިން ސައްތަ |
30%(ތިރީސް އިންސައްތަ) |
|
އިތުރު މަޢުލޫމާތު |
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ފޯން ނަންބަރ 6865001، ފެކްސް: 6860958 އީމެއިލް: [email protected] |
27 ރަބީޢުލް އާޚިރާ 1439
14 ޖެނުއަރީ 2018