ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 4/27 ، އިމާރާތްކުރުމުގެ ޤާނޫނު ތަރުޖަމާ ކޮށްދޭނެ ފަރާތެއް ހޯދުން
"ޓާރމްސް އޮފް ރިފަރެންސް"ގެ އިސްލާޙު
މިމިނިސްޓްރީގެ ފަރާތުން 2 ޖަނަވަރީ 2018 ގައި ކޮށްފައިވާ އިޢުލާން ނަންބަރު IUL)438-CCD/438/2017/256) އާއި ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީފައި އިޢުލާނާއި އެކު އެޓޭޗްކުރެވިފައިވާ " ޓާރމްސް އޮފް ރިފަރެންސް " ގައި ބަޔާންކޮށްފައިވާ ގޮތުގައި ބީލަން ހުޅުވާނެ ތާރީހަކީ 15 ޖަނަވަރީ 2018 ވަނަދުވަހުގެ 11:00 ގައެވެ. ނަމަވެސް މިއީ އޮޅުމަކުން ޖެހިފައިވާ ތާރީހަކަށް ވުމުން ބީލަން ހުޅުވާނެ ތާރީހަކީ 16 ޖަނަވަރީ 2018 ވަނަދުވަހުގެ 11:00 ޖާހާ އިރު ކަމުގައި އާއްމުކޮށް އިޢުލާން ކުރަމެވެ. މި އިއުލާނާއި އެކު އެ ތާރީހު ރަނގަޅުކުރެވިފައިވާ " ޓާރމްސް އޮފް ރިފަރެންސް " އެޓޭޗްކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް، މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " ގައިބަޔާންކޮށްފައިވާ ގޮތަށް ބީލަންހުށަހެޅުއްވުން އެދެމެވެ.
ބީލަންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި، 16 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ 11:00 ޖަހާ އިރެވެ.
ޕްރޮކިޔުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
އީމެއިލް : [email protected]