ދިވެހިރާއްޖެ
ނަންބަރ: 411-B/IUL/2018/3
އިޢުލާން
ދެއްވަދޫ ކައުންސިލްގެ އިދާރާއަށް ޕިކަޕެއް ގަތުމާއިބެހޭ
ރަށުގައި އުފެދޭ ކުނި ނައްތާލުމުގެ މަސައްކަތް ކުރުމަށްޓަކައި މިއިދާރާއަށް ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ. ވީމާ ޕިކަޕް ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޖަނަވަރީ 2018ވާ އަންގާރަ ދުވަހުގެ ހެނދުނު 11.00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު 31 ޖަނަވަރީ 2018ވާ ބުދަ ދުވަހުގެ ހެނދުނު 11.00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ދެއްވަދޫ ކައުންސިލްގެ އިދާރާއަށް ޕިކަޕެއް ގަތުމާއިބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ރަބީޢުލްއާޚިރު 1439
14 ޖަނަވަރީ 2018