ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ވެބްސައިޓް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ވެބްސައިޓް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 

މި ޑިޕާޓްމެންޓްގެ ނަންބަރު IUL)166-Admin/166/2017/126  (ޑިސެންބަރު 2017) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް، މިޑިޕާޓްމެންޓްގައި ބޭނުންކުރަމުންދާ ވެބްސައިޓް  "www.dhe.gov.mv" ޑިވެލޮޕްކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚާއި ގަޑިއަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުގެ (ވެލާނާގޭ 02 ވަނަފަންގިފިލާ) މީޓީންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚާއި ގަޑިއަށް އަންދާސީ ހިސާބު ހިއްޕަވައިގެން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުގެ (ވެލާނާގޭ 02 ވަނަފަންގިފިލާ)  މީޓީންގ ރޫމަށް ވަޑައިގެންދެއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2018 ޖަނަވަރީ 23 ވަނަ ދުވަހުގެ 10:00 ށް

2018 ފެބުރުވަރީ 06 ވަނަ ދުވަހުގެ 10:00 ށް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް ޙާޒިރު ނުވާފަރާތްތަކުގެއާއި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341306، 3341307  ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.

27 ރަބީއުލްއާޚިރު 1439

14 ޖަނަވަރީ 2018

14 ޖަނަވަރީ 2018
ހޯދާ