ދިވެހިރާއްޖެ
އޭ.އެން.އެފް ނެޓްބޯލް އަމްޕަޔަރިންގ ކޭމްޕް ( 15 - 18 ފެބްރުއަރީ 2018 – މާލެ ސިޓީ )
މިއެސޯސިއޭޝަނާއި އޭޝިއަން ނެޓްބޯލް ފެޑެރޭޝަން (އޭ.އެން.އެފް) ގުޅިގެން ނެޓްބޯލް އަމްޕަޔަރިންގ ކޭމްޕެއް ފެބްރުއަރީ 15 އިން 18 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ.
މި ކޭމްޕްގެ މަޤްޞަދަކީ ނެޓްބޯޅައިގެ ޤަވާޢިދު ވީހާގިނަ ފަރާތްތަކަށް އޮޅުންފިލުވާ ދިނުން ކަމުގައިވާތީ، ނެޓްބޯޅައަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން މި ކޭމްޕްގައި ބައިވެރިވުމަކީ މި އެސޯސިއޭޝަންގެ ވަރަށް ބޮޑު އެދުމެކެވެ.
ކޭމްޕްގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 08 ފެބްރުއަރީ 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި ދެންނެވިފައިވާ މަޢުލޫމާތު އެސޯސިއޭޝަންގެ މެއިލް އެޑްރެސް [email protected] އަށް ފޮނުއްވުމަށް ދަންނަވަމެވެ.
- ނަމާއި އެޑްރެސް
- ގުޅޭނޭ ފޯނު ނަންބަރު
- އައި.ޑީ ކާޑު ކޮޕީ
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9842040 / 9199123 އަށް ގުޅުއްވުން އެދެމެވެ.
11 ޖެނުއަރީ 2018