މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސައިޓީސް މުއާހަދާގައި ހިމެނޭ ތަކެތި ދިވެހިރާއްޖެއަށް އިމްޕޯޓް އަދި އެކްސްޕޯޓް ކުރުމާއި ބެހޭ

އިއުލާން

ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފޮލޮރާ (ސައިޓީސް) އަކީ 2013 ވަނަ އަހަރު ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެކެވެ. މިމުއާހަދާގެ ޖަދުވަލުތަކުގައި ލިސްޓު ކޮށްފައިވާ ދިރުންތަކާއި ތަކެތި ރާއްޖެއަށް އެތެރެކޮށް ބޭރުކުރެވޭނީ މުއާހަދާގެ ދަށުން ކަނޑައެޅިފައިވާ ހުއްދަތަކާއެކުއެވެ. މިގޮތުން، މުއާހަދާގެ އެޕެންޑިކްސް 1(އެކެއް) ގައި ހިމެނޭތަކެތި އެއްގައުމުން އަނެއް ގައުމަށް ގެންދެވޭނީ އެކްސްޕޯޓު ކުރާ ގައުމާއި އިމްޕޯޓު ކުރާ ގައުމުގެ މެނޭޖްމަންޓް އޮތޯރިޓީން ދޫކޮށްފައިވާ ސައިޓީސް ހުއްދައާއެކުއެވެ. އަދި މުއާހަދާގެ އެޕެންޑިކްސް 2(ދެއެއް)ގައި ހިމެނޭތަކެތި އެއްގައުމުން އަނެއް ގައުމަށް ގެންދެވޭނީ އެކްސްޕޯޓް ކުރާ ގައުމުގެ މެނޭޖްމަންޓް އޮތޯރިޓީން ދޫކުރާ ހުއްދަ އޮވެގެންނެވެ. ވަކި ގައުމަކުން އެދިގެން އެޕެންޑިކްސް 3(ތިނެއް) ގައި ހިމަނާފައިވާ ތަކެތި އެގައުމުން އެކްސްޕޯޓު ކުރެވޭނީ އެގައުމުގެ މެނޭޖްމަންޓް އޮތޯރިޓީގެ ހުއްދަ އޮވެގެންނެވެ. ސައިޓީސްގައި ހިމެނޭތަކެތި އެއްގައުމުން އަނެއް ގައުމަށް ގެންދާއިރު އެކްސްޕޯޓް ކުރާ ގައުމާއި އިމްޕޯޓް ކުރާގައުމުގެ ކަސްޓަމްސްއަށް ސައިޓީސްގެ ހުއްދަ ހުށަހަޅަން ޖެހޭނެއެވެ. ސައިޓީސްގެ ދަށުން ނަގަންޖެހޭ ހުއްދަ ނެތި ސައިޓީސްގައި ހިމެނޭ އެއްޗެއް ސައިޓީސްގެ މެންބަރު އެއްވެސް ގައުމަކުން އެކްސްޕޯޓް ކުރުމަކީ ނުވަތަ އިމްޕޯޓް ކުރުމަކީ ސައިޓީސްގެ ދަށުން މަނާކަމެކެވެ.

ސައިޓީސް މުޢާހަދާގައި ހިމެނޭ ދިރުންތަކާއި ތަކެތީގެ ލިސްޓް އަދި ޖަދުވަލްތައް ސައިޓީސް ވެބްސައިޓް (cites.org) ގައި ހިމެނިފައިވާނެއެވެ. އަދި https://cites.org/eng/app/appendices.php ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

ދިވެހިރާއްޖޭގެ މެނޭޖްމަންޓް އޮތޯރިޓީގެ ހައިސިއްޔަތުން ސައިޓީސްގެ ހުއްދަ ދިވެހިރާއްޖޭގައި ދޫކުރާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިންނެވެ. ދިވެހިރާއްޖޭގެ ބަނދަރުން ސައިޓީސްގައި ހިމެނޭ ތަކެތި އެތެރެކުރާއިރުއާއި ބޭރުކުރާއިރު ސައިޓީސްގެ ހުއްދަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅަން ޖެހޭނެއެވެ.

ވީމާ، ސައިޓީސް މުއާހަދާގައި ހިމެނޭ ތަކެތި ދިވެހިރާއްޖެއަށް އިމްޕޯޓް އަދި އެކްސްޕޯޓް ކުރެވޭނީ މަތީގައި ބަޔާންކޮށްފައިވާ  ހުއްދަތައް އެތަކެތި އިމްޕޯޓު އަދި އެކްސްޕޯޓު ކުރާއިރު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހެޅުމުން ކަމުގައާއި، ސައިޓީސް މުއާހަދާގައި ހިމެނޭ ތަކެތި އެތެރެކޮށް ބޭރުކުރާ ފަރާތްތަކުން އެތަކެތި އެތެރެކުރުމުގެ ކުރިން ނުވަތަ ބޭރުކުރުމުގެ ކުރިން ސައިޓީސްގެ ދަށުން ކަނޑައަޅާފައިވާ ހުއްދަ ހޯދުމަށާއި މިއާ ޚިލާފަށް ސައިޓީސްގައި ހިމެނޭ އެތަކެތި އިމްޕޯޓު ކުރުމަކީ ނުވަތަ އެކްސްޕޯޓު ކުރުމަކީ މަނާކަމެއްކަމުގައި އާންމުކޮށް އަންގާ އިއުލާން ކުރީމެވެ. 

11 ޖަނަވަރީ 2018
ހޯދާ