މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހެޑް އޮފް އެކައުންޓްސް އެންޑް ފައިނޭންސް

މި އިޢުލާންވަނީ 01 ފެބުރުވަރީ 2018 13:52 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމު:

 ހެޑް އޮފް އެކައުންޓްސް އެންޑް ފައިނޭންސް

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މުސާރަ:

 -/10,000 ރުފިޔާ 

އެލެވަންސް

  1. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް -/135 ރުފިޔާ
  2. ސަރވިސް އެލަވަންސް: ދުވާލަކަށް -/116 ރުފިޔާގެ ރޭޓުން
  3. ފޯން އެލަވަންސް: -/300 ރުފިޔާ
  4. ސެޓިފިކެޓް އެލަވަންސް: އަސާސީ މުސާރައިގެ %40

 

ފެންވަރު ނުވަތަ ޝަރުތު:

  • އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލުކޮށްފައިވުން ނުވަތަ އޭ.ސީ.ސީ.އޭ މެމްބަރޝިޕް ޙާޞިލު ކޮށްފައިވުން.
  • އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ނުވަތަ އޭ.ސީ.ސީ.އޭ އެފިލިއޭޓް ލެވެލް ޙާޞިލުކޮށްފައި ވުމާއެކު އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާގައި 05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން. ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

 

  • ކޯޕަރޭޝަނުން ދުވަހުން ދުވަހަށް ކުރެވޭ މާލީ މުޢާމަލާތްތަކުގެ ރެކޯޑުތައް، ކޯޕަރޭޝަންގެ ޤަވާއިދާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި މާލިއްޔަތު ޤާނޫނުގެ ހަމަތަކާ އެއްގޮތަށް ބެލެހެއްޓުން.
  • މަހުން މަހަށް ކޯޕަރޭޝަންގެ އެކައުންޓް ސްޓޭޓްމަންޓްތައް ބޭންކުތަކުން ހޯދައި، ސްޓޭޓްމަންޓްތަކާ އެއްގޮތަށް ކޯޕަރޭޝަންގެ އެކައުންޓުތަކުގެ ހިސާބުތައް ރީކޮންސައިލް ކުރުން.
  • ބަޖެޓުން ކުރެވޭ ޚަރަދުތައް ދުވަހުން ދުވަހަށް ބާކީކޮށް، މަހުން މަހަށް ހަދަން ޖެހޭ ރިޕޯޓުތައް ހެދުމާއި، ބޭނުންވެއްޖެ އެހެން ޙާލަތްތަކުގައި ބަޖެޓު ބާކީގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް އެރުވުން.
  • މަހުން މަހަށް އަދި ކޮންމެ ތިން މަހުން އެއްމަހު ނިންމަންޖެހޭ މާލީ ރިޕޯޓުތައް ނިންމައި ކަމާބެހޭ ފަރާތްތަކަށް ޙިއްޞާކުރުން.
  • ކޯޕަރޭޝަނުން ތައްޔާރުކުރެވޭ އެހެނިހެން ރިޕޯޓުތަކަށް ފައިސާއާ ބެހޭގޮތުން މަޢުލޫމާތު ބޭނުންވެއްޖެ ޙާލަތްތަކުގައި، އެކަށޭނަ ވަގުތުގައި ޙިއްޞާކުރުން.
  • ކޯޕަރޭޝަނުން ކުރާ ޙައްޖު ޢުމްރާ ދަތުރުތަކުގެ ހިސާބުތައް ޙައްޖު ނުވަތަ ޢުމްރާ ދަތުރު ނިމޭތާ 02 ހަފުތާގެ ތެރޭގައި ތައްޔާރުކޮށް، ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓަށް ހުށަހެޅުން.
  • ކޯޕަރޭޝަނުންގެ ފަރާތުން އިންވެސްޓް ކުރެވިދާނެ ދާއިރާތަކަކީ ކޮބައިތޯ ބަލައި އެކަމަށް ބޭނުންވާ ޕްރޮޕޯޒަލް ތައްޔާރުކޮށް އަދި އިންވެސްޓްމަންޓް އެސެސްމަންޓް ތައްޔާރުކޮށް ބޯޑަށް ހުށަހެޅުން.
  • މަހުން މަހަށް ނިންމަންޖެހޭ މާލީ ހިސާބުތައް ނިންމައި ރިޕޯޓު ތައްޔާރުކޮށް ޙިއްޞާކުރަންޖެހޭ ފަރާތްތަކާ ޙިއްޞާކުރުން.

މަސައްކަތުގެ ވަގުތު:

 މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން ހަވީރު 15:00 އަށް)

 (ހަމަޖެހޭ ގޮތެއްގެ މަތީން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން މި ފޯމު ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުން.

ސުން ގަޑި:

 ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 18 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ މި ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިންނެވެ.

އިތުރު މަޢުލޫމާތު:

 މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

10 ޖަނަވަރީ 2018
ހޯދާ