މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ލ.ފޮނަދޫ ބޮޑުމަގު ހެދުމުގެ މަސައްކަތްކުރި ސައިޓުގައިހުރި 40 ފޫޓުގެ 02 ކޮންޓެއިނަރ ކ.ތިލަފުށީގައި ހުންނަ ޕަބްލިކް ވޯރކްސް ސަރވިސަސްގެ ސައިޓަށް ލޭންޑިންގ ކްރާފްޓްއެއްގައި ގެނެސްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ލ.ފޮނަދޫ ބޮޑުމަގު ހެދުމުގެ މަސައްކަތްކުރި ސައިޓުގައިހުރި 40 ފޫޓުގެ 02 ކޮންޓެއިނަރ ކ.ތިލަފުށީގައި ހުންނަ ޕަބްލިކް ވޯރކްސް ސަރވިސަސްގެ ސައިޓަށް ލޭންޑިންގ ކްރާފްޓްއެއްގައި ގެނެސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު :        (IUL)138-AS6/1/2017/262 (21 ނޮވެންބަރު 2017) އިޢުލާނާއި ގުޅިގެން އަގު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ބިޑްތަކުގައި އަގު ހުށަހަޅުއްވާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަވެފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް މި މަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖަނަވަރީ 15 ވާ ހޯމަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޖަނަވަރީ 21 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.       

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ޖަނަވަރީ 15 ވާ ހޯމަ ދުވަހުގެ 12:30 އިން ފެށިގެން 2018 ޖަނަވަރީ 21 ވާ އާދީއްތަ ދުވަހުގެ 11:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. 

10 ޖަނަވަރީ 2018
ހޯދާ