ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާނު ސާފުކުރުމާއި ގުޅޭ

c

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ

މާމެންދޫ          

    ދިވެހިރާއްޖެ 

 

ނަންބަރ: (IUL)403-A/403/2018/5  

އިޢުލާނު

 

ޤަބުރުސްތާނު ސާފުކުރުމާއި ގުޅޭ:

                   ލ.މާމެންދޫ ޤަބުރުސްތާނު ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު : (IUL)403-A/403/2018/3 (04 ޖަނަވަރީ 2018) އިޢުލާނު ބާތިލް ކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ.       މިކަމަށް އެދިލައްވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

 

  • ·         މަޢުލޫމާތު ސާފުކުރުން 17 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ 11:00 ގައި
  • ·         އެސްޓިމޭޓް ހުށަހެޅުން: 22 ޖަނަވަރީ 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި

 

                     މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާއަތްތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.

            މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

                    22 ރަބީޢުލްއާޚިރު 1439

               09 ޖަނަވަރީ  2018

 

 

 

                                                              ޢަބުދުލް މުޙުސިން މުޙައްމަދު

                                                                 ކައުންސިލްގެ ރައީސް

 

09 ޖަނަވަރީ 2018
ހޯދާ