ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: TCL/PROC-TA/2018/003
ކ. ތިލަފުށީގެ މަގުތައް މަރާމާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ، ތިރީގައި ދަންނަވާ ވެހިކަލްތައް، ކުށްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ރޯޑް މެއިންޓަނަންސް މަސައްކަތް ކުރާ ދުވަސްތަކަށް ތިރީގައި ދެންނެވިފައިވާ ވެހިކަލް/މެޝިނަރީސް ކުއްޔަށް ދޫކުރައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވައި ދަޢުވަތު އަރުވަމެވެ.
ބޭނުންވާ އަދަދު |
ވެހިކަލްގެ ނަން |
ވެހިކަލްގެ ސައިޒް |
01 |
ޑަމްޕް ލޮރީ |
15 ޓަނު |
01 |
އެސްކަވޭޓަރ |
330 ނުވަތަ އެއައްވުރެ ބޮޑު |
01 |
އެސްކަވޭޓަރ |
200 |
01 |
ވީލް ލޯރޑަރ |
930 އެފް |
01 |
ބެކް ހޯ ލޯޑަރ |
3 ޑީއެކްސް، ޖޭސީބީ |
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން |
ޓީސީއެލް ހެޑް އޮފީސް |
- |
10 ޖަނަވަރީ 2018 އިން 17 ޖަނަވަރީ 2018 އަށް |
09:00 އިން 15:00 އަށް |
މަޢުލޫމާތު ކަރުދާސް ދޫކުރުން |
ޓީސީއެލް ހެޑް އޮފީސް |
ބުރާސްފަތި |
18 ޖަނަވަރީ 2018 |
13:30 ފެށިގެން |
ޕްރީބިޑް މީޓިންގ |
ޓީސީއެލް ހެޑް އޮފީސް |
ހޯމަ |
22 ޖަނަވަރީ 2018 |
10:30 ގައި |
ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން |
ޓީސީއެލް ހެޑް އޮފީސް |
ބުރާސްފަތި |
25 ޖަނަވަރީ 2018 |
10:30 ގައި |
އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
- ހުށަހަޅައިފައިވާ ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މިކަމަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މިކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަންއަށްް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
10 ޖަނަވަރީ 2018
23 ރަބީޢުލްއާޚިރު 1439
Fen Building/ 4th floor ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ
Ameenee Magu, Male’, Republic of Maldives އަމީނީމަގު، މާލެ، ދިވެހިރާއްޖެ
Tel: 3307513 Fax: 3307514 ފޯން: 3307513،3307515 ފެކްސް: 3307514