ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރ: (IUL)229-IED/229/2018/2
އިޢުލާން
ރ. އަތޮޅުރައްޔިތުންގެ އަތޮޅުވެހި ޢިމާރާތް ދިގުމުއްދަތައް ކުއްޔަށްދިނުމާބެހޭ
ރ. އަތޮޅުކައުންސިލްގެ ގޯތީގެ އިރު ދެކުނު ސަރަޙައްދުގައި ޢިމާރާތްކޮށްފައިވާ އަތޮޅުވެހި ޢިމާރާތް 9 އަހަރާއި 11 މަސްދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމަށް ކައުންސިލުން ނިންމާފައިވާތީ އެފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ. މި ޢިމާރާތަކީ 14 ކޮޓަރީގެ ދެބުރީގެ ޢިމާރާތެކެވެ. މިޢިމާރާތް ކުއްޔަށްދިނުމަށް ހުޅުވާލެވިފައިމިވަނީ މި ޢިމާރާތް ކުރެވިފައިވާބިން ( 7624.5 ) އަކަފޫޓްގެ ގޯއްޗާއެކުގައެވެ.
އަތޮޅުވެހި ޢިމާރާތް އަމިއްލަ ޚަރަދުގައި އިތުރަށް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް 10 ޖެނުއަރީ 2018 އިންފެށިގެން 21 ޖެނުއަރީ 2018 ދުވަހުގެ 12:00 ގެ ނިޔަލަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 12:00 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައިހުންނާނެއެވެ.
- ރ އަތޮޅު ކައުންސިލްގެ އިދާރާ
- މިސްކިތްމަގު / ރ.އުނގޫފާރު ، ދިވެހިރާއްޖެ
- ޓެލެފޯނު ނަންބަރު: 6580027
- ފެކްސް ނަންބަރު: 6580238
- އީމެއިލް އެޑްރެސް: raatoll@gmail.com
ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މެދުވެރިކޮށް ރ.އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ބިޑްޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ރ. އަތޮޅު ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/250ރ ( ދުއިސައްތަ ފަންސާސް ރުފިޔާ ) އަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް ފައިސާ ދެއްކުމުން، އެ ފައިސާ ބަލައިގަތްކަމުގެ ރަސީދެއް ކައުންސިލްގެ އިދާރާއިން ދޫކުރާނެއެވެ. އަދި ގަންނަ ބިޑް ޑޮކިއުމަންޓްގެ ސީރިއަލް ނަންބަރު އެރަސީދުގައިބަޔާންކޮށްފައި އޮންނާނެއެވެ.
އެހެންކަމުން ސުރުޚީގައި ދެންނެވިފައިވާ އަތޮޅުވެހި އަމިއްލަ ޚަރަދުގައި އިތުރަށް ތަރައްޤީކޮށް ހިންހުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރީބިޑްމީޓިންގއަށް ވަޑައިގަންނަވާނީ 23 ޖެނުއަރީ 2018 ވާ އަންގާރަ ދުވަހު 10:30 ރ.އަތޮޅު ކައުންސިލް އިދާރާއަށެވެ. އިމާރާތުގެ ބިޑް ހުށަހެޅުން އޮންނާނީވެސް ރ. އަތޮޅު ކައުންސިލް އިދާރާގައި 13 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 10:30 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
ބިޑްޑޮކިއުމަންޓް ބައްލަވައިގަތް ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް ޕްރީބިޑް މީޓިންގއަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމުސީލު ކުރުމަށް ވަޑައިގަންނަވާ ބޭފުޅެއްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުމަށް ދަންނަވަމެވެ. މި އިމާރާތް ކުއްޔަށްހިފުމަށްއެދި ހުށައަޅާ ބިޑް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ރ. އަތޮޅުކައުންސިލްގެ އަތޮޅުވެހި ޢިމާރާތް ކުއްޔަށް ހިފުމަށްއެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބިޑް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
22 ރަބީއުލްއާޚިރު 1439
09 ޖެނުއަރީ 2018