މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު - ޕްރޮކިއުމަންޓް އޮފިސަރ (ޕީ.އޯ)

ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ ފެނުގެ މަޝްރޫއަށް ޕްރޮކިއުމަންޓް އޮފިސަރ (ޕީ.އޯ) އެއް ހޯދުމާބެހޭ

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޕްރޮކިއުމަންޓް އޮފިސަރ (ޕީ.އޯ)

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ(އެމް.އީ.އީ) އިން ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢުގެ (04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް) ޕްރޮކިއުމަންޓް މަސައްކަތްތައް ބަލައި މެނޭޖްކުރާނެ ފުލްޓައިމް ޕްރޮކިއުމަންޓް އޮފިސަރެއް (ޕީ.އޯ) ހޯދުމަށް ބޭނުންވެއެވެ.

މިގޮތުން މި މަޝްރޫޢުގެ ޕްރޮކިއުމަންޓްއޮފިސަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖީ.ސީ.އެފް ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢުގެ (04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް) ޕްރޮޖެކްޓްގެ އެކިއެކި ޕްރޮކިއުމަންޓް މަސައްކަތްތައް ޑޯނަރ އެޖެންސީގެ އިރުޝާދުނާމާ އާއި އެއްގޮތްވާގޮތުގެ މަތިން ރާވާ، ހިންގާ އަދި މަސައްކަތްތައް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.

ޕްރޮކިއުމަންޓް އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

ހ) ޕްރޮކިއުމަންޓް ނުވަތަ ކޮމާރސް ނުވަތަ ފައިނޭންސް ނުވަތަ ބިޒްނަސް. މެނޭޖްމަންޓް ނުވަތަ އިކޮނޮމިކްސްގެ ދާއިރާއިން ދަށްވެގެގެން ޑިގްރީ ހާޞިލް ކޮށްފައިވުން.

ށ) މަދުވެގެން 4 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއިއެކު، މަދުވެގެން 2 އަހަރު ދުވަހު ކޮންސަލްޓަންސީ، ސިވިލް މަސައްކަތް އަދި ތަކެއްޗާއި ޚިދުމަތް ދޭ ފަރާތްތައް ހޯދުމަށް ކުރަންޖެހޭ ޕްރޮކިއުމަންޓް މަސައްކަތްތަކުގައި އުޅެ ތަޖްރިބާ ލިބިފައި ވުން.

ނ) ޕްރޮކިއުމަންޓްގެ ހުރިހާ މަސައްކަތް ކުރުމުގައިގައި ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. މިގޮތުން ބައިނަލްއަޤުވާމީ އެހީދޭ ޖަމާޢަތްތަކުގެ ޕްރޮކިއުމަންޓްގެ ޤަވައިދުތަކަށް އަހުލު ވެރިވެފައި ފަރާތް ތަކަށް އިސްކަން ދެވޭނެއެވެ.

ރ) ދައުލަތުގެ ޕްރޮކިއޮމަންޓު ޤަވާޢިދުތަކާއި ޤާނޫނުތަކަށް އަހުލުވެރި ވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ބ) ޕްރޮކިއުމަންޓާއި ދާއިރާއިން މަޢުލޫމާތާއި ތަޖްރިބާ ލިބިފައިވާ ފަރާތް ތަކަށް އިސްކަން ދެވޭނެއެވެ. (މީގެ ތެރޭގައި ތަކެތި ގަތުން/ ކޮންޓްރެކްޓް ހެދުމާއި ކޮންސަލްޓެންސީ ގެ ހުރިހާ ބާވަތެއްގެ މަސައްކަތް ކުރަން އެގުން؛ ބިޑިންގެ މަރުހަލާއާއި އިންޓަރނޭޝަނަލް ކޮންޓްރެކްޓް ހެދުމާއި، ދިވެހި ދައުލަތުގެ މާލިއްޔަތުގެ ޤަވައިދު އެގުން)

ޅ) މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެގުމާއި މަޝްރޫޢު ހިންގުމުގައި ބޭނުންކުރާ އެހެނިހެން ސޮޕްޓެވެއަރތައް (ޕްރޮޖެކްޓް އޮފީސް) ބޭނުންކުރަން އެނގޭ ފަރާތަކަށް ވުން

ކ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން؛

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.

ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ.  މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

އުޖޫރަ

- މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 30,000 ރުފިޔާގެ އުޖޫރައެއް ކަނޑައެޅިފައެވެ.

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 36 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި ޑިޕާރޓްމަންޓް އަށް ބޭނުން ވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 2018 ޖެނުއަރީ 23 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

          ޕްރޮޖެކްޓް މެނޭޖަރ

          ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް

          މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

          ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

          މާފަންނު، ހަނދުވަރީ ހިނގުން

          ފޯނު ނަންބަރު: 3018386، 3018318 

          އީމެއިލް : [email protected]

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައިގައި، ނުވަތަ އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށެވެ.

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018386  ,   3018318 އަށް ގުޅުއްވުން އެދެމެވެ.

09 ޖަނަވަރީ 2018
ހޯދާ