ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ލައިބްރޭރިއަން

މަޤާމް :ޑެޕިއުޓީ ލައިބްރޭރިއަން
ބޭނުންވާ އަދަދު :1

މަޤާމު:

ޑެޕިއުޓީ ލައިބްރޭރިއަން

ބޭނުންވާ އަދަދު:

1

ސްޕައިން ޕޮއިންޓް

27

ގްރޭޑް:

5

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ލައިބްރަރީ

މުސާރަ:

މަހަކު 7,835/52 ރ

ސަރވިސް އެލަވަންސް:

މަހަކު3,358.08   ރ

ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމްގެ ޝަރުތު:

  • ސެޓްފިކެޓް ލެވެލް 7/8 ގެ ސެޓްފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން، ނުވަތަ،
  • މަސައްކަތުގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 5 ގެ ސެޓްފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  • މަސައްކަތުގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 4 ގެ ސެޓްފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ލައިބްރަރީގެ ސިޔާސަތުތައް އެކުލަވާލާ ކަނޑައެޅުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި، އެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޢަމަލީގޮތުން މަސައްކަތްކުރުން.
  2. ލައިބްރަރީގެ ޕްލޭންތައް ހެދުމާއި، އެޕްލޭންތަކާއި އެއްގޮތަށް އެންމެހާ ލައިބްރަރީތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި، އެޕްލޭންތައް ތަންފީޒްކުރުމުގައި ދިމާވާކަންކަމަށް ހައްލު ހޯދައިދިނުމާއި މޮނިޓަރކުރުން.
  3. ލައިބްރަރީގައި ކުރެވޭ އެންމެހާ ކަންތައްތަކާއި ގުޅޭ ޕްރޮސީޖަރ / އެސް.އޯ.ޕީ ފަދަ ބައިތައް ތައްޔާރުކުރުމާއި، ލައިބްރަރީ މުވައްޒަފުންނަށް މަސައްކަތާއި ގުޅޭގޮތުން އިރުޝާދާއި ތަމްރީނުދީ، ޔުނިވަރސިޓީގެ ހުރިހާ ލައިބްރަރީއެއްގައި މަސައްކަތްކުރަން އެނގޭނޭގޮތަށް އެތަންތަނަށް އަހުލުވެރިކުރުވައި، މޮނިޓަރކުރުން.
  4. ލައިބްރަރީ މަސައްކަތްތަކުގެ ތެރެއިން ލައިބްރޭރިއަން ޒިންމާވާގޮތަށް ހަމަޖެއްސޭ މަސައްކަތްތައް ރޭވުމާއި، މަސައްކަތް ހިނގާގޮތްބެލުމާއި، ސީނިއަރ މެނޭޖްމަންޓް ޓީމާއި އެކު މަޝްވަރާކޮށް ހައްލުހޯދުމާއި، މަސައްކަތް މޮނިޓަރކޮށް ބެލުން.
  5. ލައިބްރަރީއަށް ފޮތް ހޯދުމުގައި (ގަތުމާއި، ޑޮނޭޝަންސް) މަސައްކަތް ކުރުމާއި، އެއާއި ގުޅިގެން ކުރަންޖެހޭ އެންމެހޭކަންކަމުގައި އެހީތެރިވެ، ފޮތްލިބުމުން ޕްރޮސެސްކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ސާރކިޔުލޭޝަންއަށް ފޮތްތައް ނެރުމުގައި ކުރަންޖެހޭ ކަންކަން ކުރުން / ކުރުވުން.
  6. ޔުނިވަރސިޓީއާއި ލައިބްރަރީ ޕްރޮމޯޓް ކުރުމުގެ ގޮތުން ކުރާކަންކަން ރޭވުމާއި، ބައިވެރިވުމާއި، އިންތިޒާމްކުރުމާއި އެކަންކަން ކާމިޔާބުކުރުމަށް ކުރަންޖެހޭ އެންމެހާކަންކަން ކުރުން.
  7. ލައިބްރަރީގެ އޮންލައިން ކެޓަލޮގް އަދި ޑާޓާ ބޭސް ތައް ބެލެހެއްޓުމުގައި ބައިވެރިވެ ކުރަންޖެހޭ ކަންކަން ކުރުމާއި މިބައިތައް މުވައްޒަފުންނަށާއި ދަރިވަރުންނަށް އަންގައިދިނުމަށް ހިންގާ އިންފޮމޭޝަން ލިޓަރަސީ ސެޝަންތައް ރާވައި ހިންގުން.
  8. ލައިބްރަރީ ހިންގުމުގައި ހެދޭ ޤަވާއިދުތަކާއި، އުޞޫލްތައް އަދި ތާވަލްތައްހަދާ / ހެދުމުގައި ބައިވެރިވެ،އެކަންކަން ތަންފީޒްކުރުމުގައި ދެމިހުރުން.
  9. މުވައްޒަފުންނަށް ވަޒީފާ ދިނުމުގައި، އިންޑަކްޝަން ހިންގުމުގައި، އެޕްރޭސް ކުރުމުގައި އަދި ޕްރޮމޯޝަންދިނުމުގައި  ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގައި ބައިވެރިވެ ކުރުން.
  10. މީގެ އިތުރުން ޔުނިވަރސިޓީގެ މަޤްޞަދުތައް ޙާޞިލް ކުރުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިކަންދިނުމާއި، ވެރިޔަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ޙަވާލު ކުރެވޭ މަސައްކަތެއް ކުރުން.

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށްއެދޭ ފޯމު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ވެބްސައިޓްގެލިންކް   http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf އިން ލިބެން ހުންނާނެއެވެ)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ(އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުންނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެޤައުމީޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނިސް ޔުނިވަރސިޓީގެ ވަޒީފާއަކަށްކުރިމަތި ލާނަމަ ކޯހުން ފާސްވިކަމުގެ  ލިޔުމަކަށް ހުށަހަޅަންވާނީރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ. 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:   

2018 ޖަނަވަރީ 16 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައ، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345408 ނަމްބަރު ފޯނާއެވެ.
09 ޖަނަވަރީ 2018
ހޯދާ