ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

       

އިޢުލާން

 

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

 

މި މަރުކަޒަށް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މި މަރުކަޒުން ކުރި ނަންބަރު: (IUL)160-A/1/2017/80 (26 ޑިސެމްބަރ 2017) އިޢުލާނާ ގުޅިގެން 31 ޖެނުއަރީ 2017 ވީ ބުރާސްފަތި ދުވަހަކީ ބަންދު ދުވަހަކަށް ވުމާ ގުޅިގެން އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.

 

ކީރިތި ޤުރުއާނާބެހޭ މަރުކަޒްގެ ސެކިއުރިޓީ ބެލެހެއްޓުމާއިބެހޭ ގޮތުން ދެވޭ މަޢުލޫމާތު ކަރުދާސް (2018

 

  1. 1.    ތަޢާރަފް:

 

މިއީ މީލާދީ ގޮތުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ޢިމާރާތާއި ގޯތިތެރެއާއި ގޯތީގެ ވަށައިގެންވާ މަގުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭގޮތުން ލިޔުމުން ދެވޭ މަޢުލޫމާތު ކަރުދާހެކެވެ.

 

  1. 2.    ޙަވާލުކުރެވޭ މަސައްކަތުގެ ތަފްޞީލް:

2.1                      މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރަންވާނީ ތިރީގައިއެވާ ގޮތުގެ މަތިންނެވެ.

 

(ހ). ސެކިއުރިޓީ ބަލަހައްޓަންޖެހޭ ތަނާއި ސެކިއުރިޓީ ބެލެހެއްޓުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް:

 

  1. ޚިދުމަތް ދޭ ފަރާތުން ޢަމަލީގޮތުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ޢިމާރާތާއި ގޯތިތެރެއާއި ގޯތީގެ ވަށައިގެންވާ މަގުތައް ބަލަހައްޓަން ވާނެއެވެ.  
  2. އޮފީސް ބަންދުކުރުމުން އޮފީހުގެ ބޮޑުދޮރު ބަންދު ކޮށްފައި ހުރިތޯ ބަލައި ޗެކްކުރަންވާނެއެވެ. އޮފީހަށް ވަންނަ މައި ގޭޓް ކުރިމައްޗަށް ވާގޮތަށް މަގުމަތީގައި އެއްވެސް އެއްޗެއް ޕާކްކުރިޔަ ނުދީ ބަލަހައްޓަން ވާނެއެވެ.

 

  1. އޮފިސް ބަންދުކޮށްފައި ހުންނައިރު ދޮރެއް ނުވަތަ ކުޑަދޮރެއް ހުޅުވިފައި ހުރިކަން ނުވަތަ ބަންދުނުވެ ހުރިކަން އެނގިއްޖެނަމަ ވީހާ އަވަހަކަށް ކަމާބެހޭ ވެރިއަކަށް އަންގަން ވާނެއެވެ.

 

  1. އޮފީސް ބަންދުކޮށްފައި ހުންނައިރު އޮފީސްތެރޭގައި ޢާއްމުކޮށް ހުންނަ ދިއްލުން ފިޔަވާ އިތުރު ދިއްލުން ނުނިއްވާ ހުރުން ފަދަ ކަމެއް ފާހަގަވެއްޖެނަމަ އެންމެ އަވަހަކަށް އެކަން އަންގަންވާ ވެރިއަކަށް އެކަން އަންގަންވާނެއެވެ. އަދި ފެންއިސްކުރެއް ދޫވެފައި ހުރިނަމަ އަވަހަށް ރަނގަޅު ކުރަންވާނެއެވެ. އަމިއްލައަށް ރަނގަޅު ނުކުރެވިއްޖެނަމަ އެކަން އަންގަންވާ ވެރިއަކަށް އަންގަން ވާނެއެވެ.

 

  1. ބަންދު ގަޑީގައި އޮފީހުން ވަކިކަމަކަށް ނުވަތަ އިތުރުގަޑީގެ މަސައްކަތަށް ވަނުމަށް ހުއްދަ ދީފައިވާ އޮފީހުގެ މުވައްޒަފުން ނުވަތަ މީހުން ފިޔަވާ ބޭރު މީހަކު ނުވަތަ ބަޔަކު ޢިމާރާތުގެ ގޯތި ތެރެއަށާއި ޢިމާރާތައް ވަނުން މަނާކުރަން ވާނެއެވެ. ބޭރުން އަންނަ މީހަކު ނުވަތަ ބަޔަކު އޮފީހަށް ވެއްދުމަށް ހުއްދަ ދެއްވާނީ އޮފީހުގެ ވެރިއެކެވެ. ނުވަތަ ކަމާއިބެހޭ މުވައްޒަފެކެވެ.

 

(ށ). ޔުނީފޯމް:

 

  1. ސެކިއުރެޓީ ބަލަހައްޓަން ތިއްބަވާ މުވައްޒަފުން ތިބެންޖެހޭނީ އެކަށީގެންވާ ޔުނީފޯރމެއްގައެވެ.
  2. ޑިއުޓީގައި ތިބޭއިރު ސެކިއުރެޓީ ބަލަހައްޓަން ޙަވާލުވި ފަރާތުން ނުވަތަ ކުންފުނީގެ ފަރާތުން ތައްޔާރު ކޮށްފައިވާ ކާކުކަން އަންގައިދޭ ފޮޓޯޖެހި އައިޑެންޓިފިކޭޝަން ކާޑެއް ފެންނާނެހެން ޔުނިފޯރމުގައި ހަރުކުރެވިފައި ނުވަތަ އައިޑެންޓިފިކޭޝަން ކާޑެއް ތައްޔާރުކޮށް ކަރުގައި އަޅާފައި އޮންނަންވާނެއެވެ. މި އައިޑެންޓިފިކޭޝަން ކާޑުގައި ކޮންމެހެން ހުންނަންޖެހޭ ބައިތަކުގެ ނަމޫނާ މި މަޢުލޫމާތު ކަރުދާހާއި އެކުގައިވާނެއެވެ.
  3. މަޤްބޫލު އުޒުރެއް ނެތިވެ ޔުނީފޯމް ނުލައި ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފަކު ހުރެގެން ނުވާނެއެވެ.

 

(ނ). ޑިއުޓީ ގަޑި:

  1. ޑިއުޓީ ގަޑިއަކީ
  • ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރު ފަހު 14:00 އިން ފެށިގެން ހެނދުނު 08:00 އަށެވެ.
  • ބަންދު ދުވަސްތަކުގައި 24 ގަޑިއިރު ޑިއުޓީ ބަލަހައްޓަން ވާނެއެވެ.  
  1. ޑިއުޓީގައި އެކަކު 8 ގަޑިއިރަށްވުރެ ގިނައިރު ނުހުންނަގޮތަށް އަދި ދަވްރުވާ އުޞޫލުން ޑިއުޓީ ރޭވިފައި އޮންނަން ވާނެއެވެ.

 

  1. ޑިއުޓީގައި ހުންނަ މުވައްޒަފު ކެއުމަށް ނުވަތަ އެހެންވެސް މުހިންމު ބޭނުމަކު ގެއަށް ދާންޖެހިއްޖެ ޙާލަތެއްގައި ގެއަށްދާން ޖެހޭނީ އޭނާގެ ބަދަލުގައި ޑިއުޓީ ކުރާނެ މީހަކު ބެހެއްޓުމަށްފަހުގައެވެ.

 

  1. ޑިއުޓީގެ ޝިފްޓް ބަދަލުކުރުމުގައި ޑިއުޓީގައި ތިބި މީހުން ދާންވާނީ އެޑިއުޓީގެ ޝިފްޓް ބަދަލުވާ ސެކިއުރިޓީ އޮފިސަރަށް އެޑިއުޓީއެއްގައި ނޯޓުކޮށްފައިހުރި އަދި ރައްކާތެރިވާން ޖެހޭނެ ކަމެއް އޮތްނަމަ އެކަން އެންގުމަށްފަހުގައެވެ.

 

 

 

(ރ). ސެކިއުރިޓީ ބެލެހެއްޓުން ޙަވާލުވާ ފަރާތުން ފުރިހަމަކޮށް ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް:

  1. ސެކިއުރެޓީ ބަލަހައްޓަވާ ލޮގު ފޮތުގައި ކޮންމެ ޑިއުޓީއެއްގައިވެސް ހިނގާފައިވާ ކަންތައްތައް ލިޔެ ރައްކާތެރިކަމާއިއެކު ރެކޯޑުތައް ބަލަހައްޓަން ވާނެއެވެ.
  2. ނުރަސްމީ ގަޑީގައި އޮފީހަށް ވަދެ ނުކުމެހަދާ މީހުންގެ ރެކޯޑު ބަރާބަރަށް ބަލަހައްޓަން ވާނެއެވެ.
  3. ޑިއުޓީގައި ތިބޭ މީހުންގެ ނަމާއި އެޑްރެސް އޮޅުންފިލާގޮތަށް ލިޔެފައިވާ ޑިއުޓީ ހަމަޖެހިފައިވާ ގޮތުގެ ތާވަލެއް ކޮންމެ މަހެއްގެ ފުރަތަމަ ހަފްތާގައި އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އެތާވަލަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ފަދަ ގޮތެއް ދިމާވެއްޖެނަމަ އެކަން ޤަވާޢިދުން މަރުކަޒަށް އަންގަމުން ގެންދަން ވާނެއެވެ.
  4. ޑިއުޓީ ތާވަލުގައިވާ ގޮތަށް ނޫން އެހެން ގޮތަކަށް ޑިއުޓީ ބަދަލުކުރެވޭނީ މަޤްބޫލު އުޒުރެއް މެދުވެރިވެގެންނެވެ. އަދި މިފަދަ ޙާލަތެއްގައިވެސް އެކަން މަރުކަޒުގެ ކަމާބެހޭ ވެރިއަކަށް އަންގަމުން ގެންދަން ވާނެއެވެ.
  5. ކޮންމެ މަހެއް ނިމުމުން ޖެހިގެން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ފާއިތުވި މަހު ސެކިއުރިޓީ ބެލެހެއްޓުމުގެ ރެކޯޑު ޝީޓުގެ ކޮޕީއެއް މަރުކަޒުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

(ބ). ސެކިއުރިޓީ ބަލަހައްޓާނެ ފަރާތްތައް ހަމަޖެއްސުން:

  1. ސެކިއުރިޓީ ބެލެހެއްޓުމުގެ ވަޒީފާއަށް މީހުން ހޮވުމަކީ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތާއި ޙަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
  2. ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ޙަވާލުކުރާ ފަރާތަކީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ކުށުގެ ރެކޯޑް އޮތް މީހެއްކަމުގައި ވެގެން ނުވާނެއެވެ.
  3. ސެކިއުރިޓީ ބެލެހެއްޓުމުގެ ވަޒީފާއަށް ލާންޖެހޭނީ ސިއްޙީގޮތުން އެކަމަށް އެކަށީގެންވާ ޤާބިލް ޢުމުރުން 18 އަހަރުންމަތީގެ 55 އަހަރުން ދަށުގެ މީހުންނެވެ.

 

(ޅ). ސެކިއުރިޓީ ބެލެހެއްޓުން ޙަވާލުވާ ފަރާތުގެ ޒިންމާ:

  1. 1.     ޑިއުޓީގައި ތިބޭމީހުންނާއި ދިމާވެދާނެ ކުއްލި ޙާލަތްތަކުގައި ޑިއުޓީގައި ތިބޭ ކޮންމެ މުވައްޒަފެއްގެ އަތުގައި އެޑިއުޓީއަކާއި ޙަވާލުވެފައިވާ ސްޕަވައިޒަރަކާއި ނުވަތަ މުވައްޒަފުގެ އޮފީހާއި، ދެމެދުގައި ގުޅޭނެ ނިޒާމެއް ޤާއިމް ކުރެވިފައި ހުންނަންވާނެއެވެ. އަދި މަރުކަޒު ބަންދު ގަޑީގައި މަރުކަޒުގެ އިދާރާގައި އަލިފާނުގެ ހާދިސާއެއް ނުވަތަ އެނޫންވެސް ކަމެއް ހިނގައިފިނަމަ ލަސްނުކޮށް އެކަން ޑިއުޓީ ބަލަހައްޓާ އޮފީހަށާއި ކަމާއިބެހޭ ފަރާތްތަކަށް އަންގަން ވާނެއެވެ.
  2. 2.     ޑިއުޓީއަށް ތިބޭ މީނުންނަށް ނުބެލެހެއްޓުމުގެ ސަބަބުން ގެއްލޭ ނުވަތަ ހަލާކުވާ އެއްޗެއްގެ ޒިންމާ އުފުލަންޖެހޭނީ ސެކިއުރިޓީ ބެލެހެއްޓުމުގެ ޚިދުމަތްދޭ ފަރާތުންނެވެ. މިގޮތުން ގެއްލޭ ނުވަތަ ގެއްލުމެއް ލިބޭ އެއްޗަކަށް އެއަށްވާ އަގު ނުވަތަ އެފެންވަރުގެ އައު އެއްޗެއް ހޯދައިދޭން ޖެހޭނެއެވެ.
  3. 3.     ސެކިއުރެޓީ އޮފިސަރުންނާއި، ޙަވާލުކޮށްފައިވާ ޑިއުޓީ އެމީހުން ފުރިހަމައަށް އަދާކުރޭތޯ ބެލުމަށް ހުންނަ ސްޕަވައިޒަރަކު އެމީހުންގެ މަސައްކަތް ބަލަހައްޓަވަމުން ގެންދަން ވާނެއެވެ. އަދި ޑިއުޓީއަށް ތިބޭއިރު މީހުންނާއި ވާހަކަ ދެއްކުމާއި، މަގުމައްޗާއި ގޭޓްތަށް ދޮށުގައި ތިބޭ މީހުންނާއި ވާހަކަ ދައްކަން ތިބެގެން ނުވާނެއެވެ. އަދި މީގެ އިތުރުން ޤާނޫނާއި، ޤަވާޢިދާ ޚިލާފު އެއްވެސް ޢަމަލެއް ހިންގައިގެން ނުވާނެއެވެ.

 

3. ހުށަހަޅަން ޖެހޭ ލިޔުންތައް:

  1. މިދާއިރާއާއި ގުޅޭ ތަޖުރިބާހުރިކަން އަންގައިދޭ ރަސްމީ ލިޔުން ހުށަހަޅަންވާނެއެވެ.
  2. ސެކިއުރިޓީ ބަލަހައްޓަން އެދި ހުށަހަޅަނީ ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ކުންފުނީގެ ޕްރޮފައިލް
  3. ސެކިއުރިޓީ ބަލަހައްޓަން އެދި ހުށަހަޅަނީ އަމިއްލަ ފަރާތަކުންނަމަ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  4. ސެކިއުރިޓީ ބަލަހައްޓަން އެދި ހުށަހަޅާ ފަރާތުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ސެކިއުރިޓީ 1 ހަފުތާއަށް ބަލަހައްޓައި ދިނުމުގެ ނަމޫނާ ޑިއުޓީ ތާވަލެއް ހުށަހަޅަންވާނެއެވެ.

 

  1. މަރުކަޒުގެ ޓެންޑަރ ކޮމެޓީއިން ބަލާނެ ކަންތައްތައް:
  1. އަންދާސީ ހިސާބުގައި ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަ ކޮށްފައިވޭތޯ ބެލުން. ( އަންދާސީ ހިސާބު ހުޅުވައި ޗެކްކުރާއިރު އަންދާސީ ހިސާބުގައި ޖުމްލަ އަގު، އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސޮއި ނެތް އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެއެވެ. (
  2. އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ މަޢުލޫމާތު ސާފުކުރެއްވުމަށް ގަޑިއަށް ޙާޟިރުވި ފަރާތްތަކުންކަން ކަށަވަރު ކުރުން.

 

  1. 2.     އަގު ހުށަހެޅުން
  2. އަގު ހުށަހަޅާފައި ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.
  3. އަންދާސީ ހިސާބު ހުށަހަޅަންވާނީ ދިވެހި ބަހުންނެވެ.
  1. އަގު ހުށަހަޅަންޖެހޭނީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޖުމްލަ ހިނގާނެ ޚަރަދު (ޖީ.އެސް.ޓީ) އާއިއެކުގައެވެ.

 

  1. 3.     މާކްސް ދެވޭނެގޮތުގެ ތަފްޞީލް:
  2. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރައިގެ  ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
  3. ބިޑް އިވެލުއޭޝަން ކޮމިޓީއިން އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމަށް ފަހު، އަންދާސީ ހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އަންގައިދެވޭނެއެވެ.
  4. ބިޑު ކާމިޔާބު ކުރި ފަރާތަށް އެއްވެސް ސަބަބަކާއި ގުޅިގެން ބިޑު އެވޯޑު ކުރެވޭގޮތް ނުވެއްޖެނަމަ ދެން ބިޑު އެވޯޑު ކުރެވޭނީ ޕޮއިންޓުގެ ގޮތުން 2 ވަނަ އަށް ހޮވިފައިވާ ފަރާތަކަށެވެ.
  5. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

 

 

 

  1. 4.     އަންދާސީ ހިސާބު ހުށަހެޅުން
  1. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރ ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

" ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ  ސެކިއުރިޓީ ބަލަހައްޓައިދިނުމަށް އެދި"

  1. އަންދާސީ ހިސާބު ހުޅުވާނީ 11 ޖަނަވަރީ 2018 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި މަރުކަޒުގެ އިދާރާގައި އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބިޑް މީޓިންގ ގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

 

  1. 5.     މަސައްކަތް ކުރާނެ ފަރާތެއް ހޯދުމުގައި ޕޮއިންޓްދޭ އުޞޫލު

މި މަސައްކަތައް ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލާ، ވަޒަންކުރުމުގައި އަގާއި، މުއްދަތުގެ އިތުރުން ތިރީގައިއެވާ ކަންކަމުގެ މައްޗަށް ބަލައި އެއިން ކޮންމެ ބަޔަކަށް ޕޮއިންޓް ދެވޭނެއެވެ. އަންދާސީ ހިސާބު ބަލާ ކޮމިޓީއިން ޕޮއިންޓްދީ މަސައްކަތް ޙަވާލުކުރެވޭނީ އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ.

 

އަންދާސީ ހިސާބު/ބިޑަށް މާކްސް ދެވޭގޮތުގެ ތަފްސީލް

 

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް

ތަފްޞީލް

ފޯމިއުލާ

އަގު

60

  • މާކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާފައިވާ އެންމެ ކުޑަ އަގަކީ ބެންޗް މާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓް ކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެކުޑަ އަގަކަށެވެ.

ދެވޭނެ މާކުސް × އެންމެ ކުޑަ އަގު / ހުށަހެޅި އަގު = ލިބުނު މާކުސް

ތަޖްރިބާ

20

  • މާކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ މިދާއިރާ އާއި ގުޅޭ ތަޖުރިބާ ހުރިކަން އަންގައިދޭ ރަސްމީ ލިޔުންތަކަށް ބަލައި ކޮނެމް އަހަރަކަށް 4 ޕޮއިންޓްގެ ރޭޓުން ގިނަވެގެން 5 އަހަރުގެ ތަޖުރިބާ އަށް ޕޮއިންޓްދޭ ގޮތަށެވެ.

އަހަރުގެ ޢަދަދު × 4 = ލިބުނު މާކުސް

މާލީ ކެޕޭސިޓީ

15

  • މާކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ މާލީ ޙާލަތު ބަޔާންކުރާ ބޭންކުގެ ރަސްމީ ލިޔުމަށް ބަލައި މާލީގޮތުން އެންމެ މަތީ ފައިސާގެ ޢަދަދު އެއީ ބެންޗް މާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ކޮންމެ 10 ހާހަކަށް މާކްސްއެއް ކަމުގައި ބަލައިގެންނެވެ.

ލިޔުމަށްލިބޭ މާކުސް = މާލީ ކެޕޭސިޓީ / 10000

މުވައްޒަފުންގެ ޢަދަދު

15

  • މާކްސް ދެވޭނީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މުވައްޒަފުންގެ ގޮތުގައި ގެންގުޅޭނެ މުވައްޒަފުންގެ ޢަދަދަށް ބަލައި  ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % މުވައްޒަފުން ޢަދަދުގެ މެދުގައި ބަހާލައިގެންނެވެ.
  • ·          މިގޮތުން އެންމެ ގިނަ ޕޮއިންޓް ލިބޭނީ އެންމެ ގިނަ ޢަދަދަކަށް މުވައްޒަފުން ގެންގުޅޭނެކަމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލަކަށެވެ.

ދެވޭނެ މާކުސް / ބެންޗްމާކް މުވައްޒަފުންގެ ޢަދަދު × ހުށަހެޅި މުވައްޒަފުންގެ ޢަދަދު = ލިބުނު މާކުސް

 

ސެކިއުރިޓީ އޮފިސަރުގެ އައިޑެންޓިފިކޭޝަން ކާޑުގައި ހުރުން ލާޒިމް ބައިތައް:

 

  1. މީހާގެ ފޮޓޯ.
  2. ފުރިހަމަ ނަން.
  3. ޕާސްޕޯޓް/އައިޑީ ކާޑު ނަންބަރު.
  4. ވޯކް ވިސާ ކޮޕީ / މުއްދަތު ހަމަވާ ތާރީޚް އެނގޭގޮތަށް.

 

        ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ޖެނުއަރީ 11 ވާ ބުރާސްފަތި ދުވަހުގެ 11.00 އަށް މި މަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

08 ޖަނަވަރީ 2018
ހޯދާ