ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުގައި ޖަހާނެ ލެޑްލައިޓް ގަންނަން ބޭނުންވެއްޖެ.

މިރަށު ބަނދަރު ސަރަހައްދުގައި ޖެހުމަށް 20 ލެޑުލައިޓް (W70 އައުޓްޑޯރ) ގަންނަން ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރ   (IUL)401-E/401/2017/6 ( 04 އޮކުޓޯބަރ 2017) އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ ހުށައެޅުންތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެއިޢުލާނު ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

                  ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖެނުއަރީ 2018 (ބުދަ) ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ޖެނުއަރީ 2018 (އަންގާރަ) ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބިޑްތަކާއި އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

07 ޖަނަވަރީ 2018
ހޯދާ