މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަނގޮޅިތީމް ރައްޔިތުންގެ ކޭބަލްޓީވީގެ ޚިދުމަތް ވިއްކާލުން.

 

`

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ

އަނގޮޅިތީމު، ދިވެހިރާއްޖެ

Secretariat of the Angolhitheem Council, North Maalhosmadulu

Angolhitheem, Republic of maldives

 

ނަންބަރު: (IUL)301-PJ/301/2018/1

އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

 

އިޢްލާނު

 

ރ. އަނގޮޅިތީމް ރައްޔިތުންގެ ކޭބަލްޓީވީ ސިސްޓަމް ވިއްކާލުމާއި ކޭބަލްޓީވީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން.

 

މި އިދާރާއިން ރައްޔިތުންނަށް ކޭބަލް ޓީ.ވީގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ  " ރ. އަނގޮޅިތީމު ރައްޔިތުންގެ ކޭބަލް ޓީ.ވީ" ސިސްޓަމް އެއްކޮށް ވިއްކާލައި އެޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެ ސިސްޓަމް ގަނެ އެ ޚިދުމަތް މިރަށުގެ ރައްޔިތުން ފޯރުކޮށް ދިނުމަށް އެދޭ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ކަމަށް ޝަޢުޣުވެރިވާ ފަރާތްތަކުން "މަޢުލޫމާތު ޝީޓާއި ، މާކްސްދެވޭ އުޞޫލް" މަޢްލޫމާތު ސާފުކުރުމުގެ ކުރިން ބޭނުންފުޅުވާނަމަ އިޢްލާން ކުރާ ދުވަހުން ފެށިގެން 16 ޖެނުއަރީ 2018 ވަނަ ދުވަހުގެ 10.00އާ ހަމައަށް މި އިދާރާއިން ލިބެން ހުންނާނެއެވެ.

މި ކަމަށް އެދި ކުރިމަތިލާ ފަރާތްތަކަށް މަޢްލޫމާތު ދިނުން އޮންނާނީ 16 ޖެނުއަރީ 2018 ވާ އަންގާރަ ދުވަހުގެ 13:00 ގައެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ  22 ޖެނުއަރީ  2018 ވާ ހޯމަ ދުވަހުގެ 10:30 ގައެވެ. މަޢްލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ރ.އަނގޮޅިތީމު ކައުންސިލް އިދާރާ ގައެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓް ސޮސައިޓީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރެއްވިއިރު މިފަދަ މަސައްކަތް ކުރެވޭނެ ގޮތަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތުގެ މަޢްލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް އަންނަ ފަރާތްތަކުގެ އައި.ޑީ.ކާރޑްގެ އަޞްލު އަދި ބަދަލުގައި ހާޟިރުވާނަމަ އެފަދަ ފަރާތެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ.  އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢްލޫމާތު ސާފުކުރެއްވި ފަރާތްތަކަށެވެ. އެކަކަށް ދެ ފަރާތެއްގެ ނަމުގައި އަންދާސީ ހިސާބު ހުށައެއް ނޭޅޭނެއެވެ.

ވީމާ، މި ކަމަށް ޝަޢުޤްވެރިވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރެއްވުމަށްފަހު ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

08 ޖަނަވަރީ 2018
ހޯދާ