ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް ޢުޞޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ފ.ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް ޢުޞޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާއި ގުޅޭ.

މިކޯޓުގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު:03 /2017L5MC-C/ )19 ޑިސެންބަރު 2017( ގެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 2018 ޖަނަވަރީ 15 ވަނަ ދުވަހުގެ 13:00 އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެމަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރައްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް:23 ޖަނަވަރީ 2018

އަންދާސީ ހިސާބު ހުށަހަޅާ ގަޑި:11:00 

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ފ.ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓު

21 ރަބީޢުލްއާޚިރު 1439

08   ޖަނަވަރީ   2018

08 ޖަނަވަރީ 2018
ހޯދާ