ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
ޑާޓާ އެންޓްރީ އޮފިސަރ
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅިގެން ކޯސްޓަލް ކޮންސްޓްރަކްޝަން އަދި މޮޑިފިކޭޝަން އާގުޅޭގޮތުން ކުރެވިފައިވާ މަސައްކަތްތަކާއި، އެކުލަވާލެވިފައިވާ ޑާޓާތައް ހޯދާ އެ ޑާޓާތައް އެންޓްރީ ކުރާނޭ އޮފިސަރެއް ހޯދުމަށް ބޭނުންވެއެވެ. މިޑޭޓާ ތަކަކީ މިފަދަ މަސައްކަތްތަކުގެ އިންވެންޓްރީއެއް ތައްޔާރުކޮށް އެކިއެކި މަޝްރޫއުތައް ހިންގުމާއި ސިޔާސަތުތައް އެކުލަވާލުމަށް ބޭނުން ކުރެވޭނެ އިންވެންޓްރީއެކެވެ.
ވަޒީފާގެ މަސްއޫލިއްޔަތު:
ކަނޑައެޅިފައިވާ ސުޕަވައިޒަރެއްގެ ދަށުން އަންނަނިވި މަސައްކަތްތައް ނުވަތަ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވެއެވެ.
- ކޯސްޓަލް މޮޑިފިކޭޝަން ނުވަތަ އެއާއި ގުޅުންހުރި މަސައްކަތްތައް ފާހަގަކޮށް ކަނޑައެޅުން
 - ޑޭޓާ އެއްކުރުމަށް އެހެނިހެން ވުޒާރާތަކަށް ދާންޖެހިއްޖެނަމަ އެކަމުގައި އެހީތެރިވެދިނުން
 - ފާހަގަކޮށް އެއްކުރެވޭ ޑޭޓާ ސުޕަވައިޒަރުގެ އިރުޝާދުގެދަށުން ކެޓަގަރައިސްކުރުން
 - ވަކިވަކި ރަށްރަށުގެ މައުލޫމާތު އެނގޭނެހެން ވަކިކުރުން
 - ޑިޖިޓައިސްކުރަން ޖެހޭ ޑޭޓާ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ ދަށުން ޑިޖިޓައިސްކުރުން
 - ޑޭޓާބޭސްއަށް ޑޭޓާ އަޕްޑޭޓްކުރުން
 - ކޮންމެ ހަފްތާއެއްގެ މަސައްކަތު ރިޕޯޓް އެކުލަވާލައި ތައްޔާރުކުރުން
 
ވަޒީފާއަށް މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް
- އޭލެވެލް އިން މަދުވެގެން ދެމާއްދާއިން ޑީ ފާސް ލިބިފައިވުން.
 - އޭލެވެލް އިން ދަށްވެގެން ދިވެހިން ސީ ފާސް ލިބިފައިވުން.
 - މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.
 - އޮޓޯކެޑް އަދި ޖީ.އައި.އެސް ބޭނުންކުރަން އިނގޭނަމަ އިސްކަންދެވޭނެއެވެ.
 - ރާއްޖޭގެ ތިމާވެއްޓާ ބެހޭގޮތުން މައުލޫމާތު އިނގޭނަމަ އިސްކަންދެވޭނެއެވެ.
 - ދިވެހި އަދި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.
 - ގިނަ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން.
 - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.
 
މަސައްކަތް ކުރަންޖޭތަން
- ވަޒީފާއަށް ހޮވޭ ފަރާތުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ، ފުލްޓައިމް ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ - މާލޭގައެވެ.
 
މަސައްކަތް ކުރަންޖެހޭ ގަޑި
- ސަރުކާރުގެ ރަސްމީގަޑި
 
ބޭނުންވާ އަދަދު
- 3
 
އުޖޫރަ
- މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި މަހަކު 6,000 (ހަ ހާސް) ރުފިޔާގެ އުޖޫރައެއް ކަނޑައެޅިފައެވެ.
 
މަސައްކަތުގެ މުއްދަތު
- ވަޒީފާގެ މުއްދަތަކީ 3 (ތިން) މަސް ދުވަހެވެ.
 
ހުށަހަޅަންޖެހޭ ތަކެތި
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
 - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
 - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
 
ސުންގަޑި
- ޝައުޤުވެރިވާ ފަރާތްތަކުން 22 ޖަނަވަރީ ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
 
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
ހިއުމަން ރިސޯސަސް ޝެކްޝަން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ގްރީން ބިލްޑިންގ، މާފަންނު،ހަނދުވަރީ ހިނގުން،
މާލެ، ދިވެހިރާއްޖެ
އިތުރު މައުލޫމާތު:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
8 ޖަނަވަރީ 2018
