ދިވެހިރާއްޖެ
c
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު މަދަރުސާSouth Ari Atoll Dhigurah School
ދިގުރަށް Dhigurah
ދިވެހިރާއްޖެRepublic of Maldives
------------------------------------------------------------------------------------------------------------------------------------------------------
ނަންބަރ:GS160/2018/011 ތާރީޙް: 07 ޖެނުއަރީ 2018 - އާދީއްތަ
------------------------------------------------------------------------------------------------------------------------------------------------------
ވަޒީފާގެ ފުރުސަތު (ރިލީފް ޓީޗަރ)
ނަންބަރު: GS160/2018/012
ޕަބްލިޝްކުރި ތާރީޚް: 07 ޖެނުއަރީ 2018
ސުންގަޑި: 10 ޖެނުއަރީ 2018 ، 14:00
ވަޒީފާގެ ފުރުޞަތު
މަޤާމް: ރިލީފް ޓީޗަރ ( ސޯސަލް ސްޓަޑީޒް )
ބޭނުންވާ އަދަދު: 1 (އެކެއް )
ގިންތި: ކޮންޓްރެކްޓް (3 މަސްދުވަސް)
ވަޒީފާ އޮތް އޮފީސް: ދިގުރަށު ސްކޫލް
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ޝެކްޝަން، ދިގުރަށު ސްކޫލް
ޝަރުޠު |
މުސާރަ ( މަހަކު ) |
ސަރވިސް އެލަވަންސް ( މަހަކު ) |
ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން |
މަހަކު -/4،500 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން |
މަހަކު -/5،500 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަހަކު -/6،090 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
އުޖޫރަ އާއި އިނާޔަތްތައް :
އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ. އަދި
މަޤާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:
- ޓެކްސްފޮތުގައިވާމަސައްކަތުގެ އިތުރުން، ކުލާހުގައިވާ އިތުރު އެހީތެރިކަން ބޭނުންވާދަރިވަރުންނަށްވެސް އެހީތެރިކަން ދެވޭނޭގޮތަށް ސުޕަވައިޒަރުންނާއި އެޗް.އޯ.ޑީން އަންގަވާ ގަވާއިދެއްގެމަތީން ލެސަންޕްލޭން ތައްޔާރުކޮށް،އެބޭފުޅުން ލައްވައި ޗެކްކުރުވުން.
- މުޅިއަހަރުގެ މުޤައްރަރު 2 ޓާމަށް ބަހައި ސްކީމް ތައްޔާރުކުރުން.
- ވަކިވަކި ދަރިވަރުންގެއުނގެނުމުގެ ފެންވަރު ބަލައި، ކިޔަވައިދިނުން އެއާ އެއްގޮތަށްބައްޓަންކޮށް، މުޤައްރަރުގައިވާ ބައިތައް ހާސިލުކުރުން.
- ކުލާހަށް ދިއުމުގެ ކުރިންކޮންމެ ދުވަހެއްގެ ލެސަނަށް ފުރިހަމައަށް ތައްޔާރުވެގެން ކުލާހަށްދިއުމާއި، ދަރިވަރުންނަށް އެކަށީގެންވާފަދަ ކިޔެވުމުގެ މާހައުލެއްޤާއިމްކުރުމާއި، ކިޔަވައިދޭ ގަޑިތަކަކީ ފޮތް މާކުކުރާ ގަޑިތަކަކަށްނުހެދުން.
- ކިޔަވައިދޭއިރު ހުރިހާ ކުދިންވެސް ސަމާލުކަމަށް ގެނައުން.
- ކިޔަވައިދޭ ފިލާވަޅާ ގުޅޭ ކިޔަވައިދިނުމުގެ އެހީ ތައްޔާރުކުރުމާއި ބޭނުންކުރުން.
- ވީހައިވެސް ބޮޑަށް ކުދިން އުނގަންނައިދޭ ހަރަކާތްތަކުގައި ބައިވެރިކުރުވައިގެން އުނގަންނައިދިނުން.
- އިސްލާމް، ޤުރްއާން، ދިވެހި،ޕީއީ، ޕީއޭ ފިޔަވައި އެހެން މާއްދާތައް ކިޔަވައިދޭ ގަޑިތަކުގައި ދަރިވަރުންއިނގިރޭސިބަހުން ވާހަކަދެއްކުމަށް ބާރުއެޅުން.
- ދިވެހިބަހުން ވާހަކަދައްކާ ގަޑިތަކުގައި ރީތި ދިވެހިބަސް ބޭނުންކުރުމަށް ބާރުއެޅުން.
- ދަރިވަރުންނަށް އެ ދަރިވަރުންގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ހިތްވަރު ދިނުން.
- ކިޔަވައިދޭ މާއްދާތަކަށް ދަށްކުދިން ފާހަގަކޮށް، ރިމީޑިއަލް ނެގުން.
- ކުދިންގައި ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ކިޔެވުމަށް ހުރަސްއަޅާފަދަ ކަމެއް ވޭތޯ ބަލައި، ސުޕަވައިޒަރުންނަށް އެކަން އެންގުން.
- މުދައްރިސް ދަރިވަރުންގެ ފެންވަރާމެދު ޒިންމާވާން ޖެހޭނެއެވެ.
- ރިޕޯޓް ފޮތުގައި ޓިޕެކްސް ނުޖެހުން.
- މުދައްރިސުން އެ މުދައްރިސުން ސެޝަނުގައި ލިބޭ ހުސްވަގުތައް ހޭދަކުރަންވާނީ ދަރިވަރުންނަށާއި ސްކޫލަށް ފައިދާހުރި ކަންކަމުގައެވެ.
- ސެޝަނުގެ ފުރަތަމަ ބެލްޖެހުމާއެކު، ކްލާސް ޓީޗަރުން ކްލާސްތަކަށް ވަންނަންވާނެއެވެ.
- ކްލާސް ޓީޗަރުން ހާޒިރީ މާކްކޮށް، ހާޒިރީގައި ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކުރަން ވާނެއެވެ.
- ހަވާލުކުރެވިފައިވާ ކުލާސްރެކޯޑްގައިވާ ބައިތައް ގަޑިންގަޑިއަށް ފުރިހަމަކުރުން.
- ކްލާހަށް ކުދިން ވަނުމާއި ނުކުތުން ބަލަހައްޓަންވާނީ އެވަގުތަކު އެ ކްލާހެއްގައި ހުންނަ މުދައްރިސެކެވެ.
- ކްލާސްތެރެ ސާފުތާހިރުކޮށްބޭއްވުމަށް އަބަދުވެސް ދަރިވަރުންނަށް ބާރުއަޅަން ވާނެއެވެ. އަދި ސެސަންނިމިގެން ދަރިވަރުން ކުލާހުން ނެރުމުގެކުރިން އެ ގަޑިއެއްގައި ކުލާހުގައިހުރިޓީޗަރު ދަރިވަރުންގެ ޑެސްކާއި ތަޅުންމަތީގައިވާ ކުނިބުނި ދަރިވަރުންލައްވާ ނަގައި ޑަސްބިނަށް އަޅަށް ޚާއްޞަ ސަމާލުކަމެއް ދިނުން.
- ވީހައިވެސް ބޮޑަށް ކުދިންގެ ކިބައިގައި އިސްނެގުމުގެ ހުނަރު އަށަގެންނެވޭތޯ ބަލަންވާނެއެވެ.
- ކްލާސް ޓީޗަރުން، ކްލާހަށް ހާޒިރުނުވާ ދަރިވަރުންނާބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ކުލާސް އިންޗާޖަށް އަންގަންވާނެއެވެ.
- ކުދިން ކްލާހުގައި ތިބޭއިރު އެކަށީގެންވާ ފަރާތެއްގެ ބެލުމުގެދަށުންނޫނީ ކްލާސް ދޫކޮށްލާފައި ގޮސްގެން ނުވާނެއެވެ. ކްލާހަށް ހާޒިރުވާންވާނީ، ފިލާވަޅަށް ރަނގަޅަށް ތައްޔާރުވެގެން ބޭނުންވާ ހުރިހާ އެއްޗެއް ހިފައިގެންނެވެ.
- ކިޔަވައިދޭ މާއްދާއިން ދަރިވަރުންނަށް ލިބޭ ކާމިޔާބާއި ނާކާމިޔާބީއެއް ބިނާވަނީ މުދައްރިސް ކޮށްދޭ މަސައްކަތުގެ މައްޗަށެވެ.
- ދަރިވަރުންގެ ކުރިއެރުމަށްހިންގޭ އިތުރު ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، އެފަރާތަކާހަވާލުވެފައިވާ ހަރަކާތެއް ސްކޫލުގެ އެކްޓިވިޓީ ކަލަންޑަރުގައިވާގޮތުގެމަތިން ރާވައި ހިންގަންވާނެއެވެ.
- ދަރިވަރުންގެ ކިބައިން ފެންނަނުރަނަގަޅު ކަންތައްތައް އިޞްލާޙުކުރުމަށް މަސައްކަތްކުރުމާއެކު، ކަމާބެހޭމަޢުލޫމާތު ގުޅުންހުރި ފަރާތްތަކަށް ދޭންވާނެއެވެ.
- ސްކޫލުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ވީހާވެސް ބޮޑަށް މަސައްކަތްކުރަން ވާނެއެވެ.
- އެ މުދައްރިސެއްގެކިޔަވައިދިނުމުގެ ދާއިރާއިން ލިބެންހުރި އެންމެ ފަހުގެ މަޢުލޫމާތު ހޯދައި،އަމިއްލަ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކުރަންވާނެއެވެ.
- ކިޔަވައިދޭ ގަޑީގައި ބޭކާރުގޮތުގައި ދަރިވަރުން ކްލާސް ތެރޭގައި އަޑުގަދަކޮށް، ހިނގައި ހެދިޔަ ދީގެން ނުވާނެއެވެ.
- ހިންގަވާ ހުރިހާ ހަރަކާތްތަކެއްގެ ރެކޯޑް ބަލަހައްޓަން ވާނެއެވެ.ކުލާސް ތެރޭގައި ހިނގާ ކޮންމެ ކަމެއްގެ ޒިންމާ އުފުލަންޖެހޭނީ އެވަގުތަކު އެ ކްލާހުގައި ހުންނަވާ މުދައްރިސެކެވެ.
- ދަރިވަރުންގެ ކިބައިގައި ސާފުތާހިރުކަން އަށަގެންނެވުމަށް މަސައްކަތް ކުރަންވާނެއެވެ.
- ކިޔަވައިދިނުމާ ގުޅޭގޮތުން ހަވާކުރެވޭ މަސައްކަތް ކުރުމަށް ސަމާލުކަން ދޭންވާނެއެވެ.
- ސްކޫލުގެ އެއްވެސް އެއްޗެއް ސްކޫލަށް ފައިދާހުރިގޮތުގައި ނޫނީ ބޭނުންނުކުރާށެވެ.
- ފަރުވާކުޑަކަމުން ސްކޫލުގެ އެއްވެސް އެއްޗަކަށް ގެއްލުމެއްވެއްޖެނަމަ، އެކަމުގެ ޒިންމާ އެމީހަކު އުފުލަންޖެހޭނެއެވެ.
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި މަސައްކަތުގެ އަޚުލާޤު.
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތަށް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ)ސިވިލްސަރވިސްއިން ބޭރުވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލައިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިމުއްދަތާއި ކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
އިންޓަރވިއު ކުރުން:
ހ. އިޢުލާންގެ މުއްދަތު ހަމަވާތާ 5 ދުވަހު ތެރޭގައި ދިގުރަށު ސްކޫލްގައި އިންޓަވިއު ބޭއްވޭނެއެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ އދ.ދިގުރަށު ސްކޫލްގެ އޮފީހަށެވެ.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޖެނުއަރީ 2018 ވާ ބުދަ ދުވަހުގެ 2:00 ގެ ކުރިންނެވެ.
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ދިގުރަށު ސްކޫލްގެ ނަންބަރު6680841 ފޯނަށް ގުޅުއްވުން އެދެމެވެ.
07 ޖެނުއަރީ 2018