ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
މާލެ، ދިވެހިރާއްޖެ
ނަންބަރު:FAM/IUL/2018/0001
އިއުލާން
24 ފެބްރުއަރީ އިން 01 މާރޗް 2018 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެފް.ސީ ފުޓްސަލް ކޯޗިންގ ސެޓްފިކެޓް ކޯސް ލެވަލް 1 ގައި ބައިވެރިވުމަށް ބޭނުންވާ (އަންހެން / ފިރިހެން) ފަރާތްތަކުން، މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 23 ޖެނުއަރީ 2018 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން އެފް.އޭ.އެމް އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ހުށައަޅާ ފޯމްތަކަށް ބެލުމަށްފަހު ކޯހަށް ހޮވޭ ފަރާތްތަކުން ކޯހުގެ ފީއެއްގެ ގޮތުގައި -/2،500ރ (ދެހާސް ފަސްސަތޭކަ ރުފިޔާ) ދައްކަންވާނެއެވެ.
މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ދުވަސްތަކުގައި އެފް.އޭ.އެމްގެ ކައުންޓަރުން ހެނދުނު 09:00 ން މެންދުރު 16:00 އާއި ހަމަޔަށް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
07 ޖެނުއަރީ 2018