ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
ނޭކުރެންދޫ ސްކޫލަށް ރިލީފް ޓީޗަރުން ހޯދުން

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: ރިލީފް ޓީޗަރ (ޕްރައިމަރީ) (ކޮންޓްރެކްޓް)


މަޤާމް އޮތް އޮފީސް:                  ނޭކުރެންދޫ ސްކޫލް

ބޭނުންވާ ޢަދަދު:                   3 (ތިނެއް)

މުއްދަތު:              3 މަސް ދުވަސް ( ޕްރައިމަރީ ޓީޗަރެއްގެ މަޤާމަށް ޝަރުތު ހަމަވާ ފަރާތެއް                                                      ލ                              ލިބިއްޖެނަމަ 1 އަހަރު ދުވަހަށް ކޮންޓްރެކްޓް ކުރެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:       ނޭކުރެންދޫ ސްކޫލް / ހދ. ނޭކުރެންދޫ

މަޤާމުގެ މަސްއޫލިއްޔަތު:              ސްކޫލުން އަންގާގޮތެއްގެ މަތިން ކިޔަވައިދިނުން އަދި ކިޔަވައިދިނުމާގުޅޭ އެންމެހާ                   ކަންތައްތައް ކުރުން.

މުސާރަ އާއި ޝަރުޠުތައް، ރޭންކް، ކްލެސިފިކޭޝަން އަދި މުސާރައާއި ޢިނާޔަތްތަކުގެ ތަފްސީލް

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމްގެ އަސާސީ މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ރިލީފް ޓީޗަރ

 

-

-

ސާނަވީ ތަޢުލީމް ޙާޞިލުކޮށްފައިވާ ޓީޗަރުންނަށް

3565/-

1500/-

-

-

ސާނަވީ ތަޢުލީމް ޙާޞިލުކޮށް ދިވެހި މާއްދާއާއެކު އިތުރު 2 މާއްދާއިން ފާސްވެފައިވާ ޓީޗަރުންނަށް

4000/-

GS4

TSO1

ޓީޗިންގ ސާރވިސް އޮފިސަރ 1

5020/-

2500/-

MS1

TSO2

ޓީޗިންގ ސާރވިސް އޮފިސަރ 2

5610/-

MS2

TSO3

ޓީޗިންގ ސާރވިސް އޮފިސަރ 3

6295/-

MS3

TSO4

ޓީޗިންގ ސާރވިސް އޮފިސަރ 4

7035/-

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ·         ތަޢުލީމާއި ތަމްރީނު ލިބިފައިވާ ފަރާތަކަށްވުން
  • ·         މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް ހުރިފަރާތަކަށްވުން
  • ·         ކޮމްޕިޔުޓަރަށް އަހުލުވެރި މިންވަރު އަދި މިދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން
  • ·         ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:        * އިތުރު ގަޑީގެ މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

 

ފޯމް ހުށަހަޅަންވީ ތާރީޚާއި ތަން:          2018 ޖެނުއަރީ 11 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ނޭކުރެންދޫ ސްކޫލްގެ އޮފީހަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:                1. ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް

2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އިންޓަވިއުއަށް ހާޒިރުވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ. )

                              3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ( އިންޓަވިއުއަށް ހާޒިރުވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.)

                              4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ، ސީވީ ( ގުޅޭނެ ނަމްބަރާއެކު )

                              5. ސިވިލް ސާރވިސްއަށް/ ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

                                  6. ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެމުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތުގެ އަޚްލާޤް ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާ އާއި ޙާޟިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމް" ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މިފޯމް ހުށަނާޅާފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. ނަމަވެސް މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުންކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މިފޯމް ހުށައަޅާކަން ނުޖެހޭނެއެވެ.

                                  7. މަސައްކަތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތައް. އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމްތައް އަދާކޮށްފައިވާ ތާރީޚްތައް އެނގެން އޮންނަށްވާނެއެވެ.)

އިންޓަރވިއު ކުރުމާއި އިމްތިޙާނު ކުރުން ބޭއްވޭނެ މުއްދަތު:

                                  މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ ނޭކުރެންދޫ ސްކޫލްގައެވެ. އިޢުލާނަށް މުއްދަތު ހަމަވާތާ 5 ދުވަސްތެރޭ އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު ބާއްވާނެ ގަޑި، އިންޓަރވިއު ބޭއްވުމުގެ 24 ގަޑިއިރުގެ ކުރިން އަންގާނެވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު:                      މިމަޤާމަށް އެދިލައްވާފައިވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް، ރަސްމީ ގަޑީގައި މިމަދަރުސާގެ އޮފީހުން ލިބެންހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި، މިސްކޫލްގެ ނަމްބަރ 6520528 އާ ގުޅުއްވުން އެދެމެވެ.

 

 

04 ޖަނަވަރީ 2018
ހޯދާ