ބިލެއްދޫ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ރިލީފް ޓީޗަރު

ވަޒީފާގެ ފުރުޞަތު

މަޤާމް:

ރިލީފް ޓީޗަރ

ބޭނުންވާ އަދަދު:

02

މަސައްކަތް ހަމަޖެހިފައިވާ ތަން:

ބިލެއްދޫ ސްކޫލް

ސެކްޝަން:

އެކަޑަމިކް

މުއްދަތު:

3 (ތިނެއް) މަސްދުވަސް

ވަޒީފާގެ ގިންތި:

ކޮންޓްރެކްޓް

 މަޤާމުގެ ޝަރުޠު އަދި މުސާރަ:

ތިރީގައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވެފައިވުން.

ޝަރުޠު

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް

(މަހަކު)

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

މަހަކު -/4،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

މަހަކު -/5،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/6،090 ރުފިޔާ

މަހަކު -/2،500 ރުފިޔާ

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

-          މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

-          މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

 

ވަޒީފާގެ މަސްއޫލިއްޔަތު:

ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- ބެލެނިވެރިންނާއި، ދަރިވަރުންނާއި، ޓީޗަރުންނާއި، ސްކޫލާމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރުން.

- ޤައުމީ މަންހަޖާ އެއްގޮތަށް އުނގަންނައިދިނުމުގެ އެންމެހައި ކަންތައްތައް ރާވައި ހިންގުން.

- ކުދިންގެ ތަޢުލީމާއި ތަރުބިއްޔަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

- ކުދިންގެ ކިބައިގައި ދީނީ، އަޚްލާޤީ ސިފަތައް އަށަގެންނެވުން.

- ވަށާޖަހާ ތަޢުލީމަކަށް މަގުފަހިވާނެހެން އިތުރު ހަރަކާތްތައް ރާވައި ހިންގުން.

- ދަރިވަރުންގެ ރެކޯޑުތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުން.

- އިމްތިޙާންތަކުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުން.

- ކިޔަވައިދިނުމާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ރެކޯޑްތައް އެއްކޮށް، އެ ރެކޯޑްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- ދަރިވަރުންގެ ފެންވަރު މަތިކުރުމަށް ތަފާތު ޕްރޮގްރާމްތައް ޓީޗަރުންނާއި އެޗް އޯޑީން މެދުވެރިކޮށް ރާވައި ހިންގައި ބެލެހެއްޓުން.

- ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ރަނގަޅުކުރުމަށް ތަފާތު ހަރަކާތްތައް ރާވައި، ހިންގުމާއި، ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަންޖެހޭ ކަންތައްތަކުގައި ފިޔަވަޅު އަޅައި، ރެކޯޑް ބެލެހެއްޓުން.

- ކަނޑައެޅޭ އުސޫލެއްގެމަތިން ކޯޑިނޭޝަން މީޓީންގތައް ބާއްވާ މުދައްރިސުންގެ މަޝްވަރާއާއެކު ނިންމޭ ކަންތައްތައް ތަންފީޒުކުރުމަށް މަސައްކަތް ކުރުމާއި، ކިޔަވައިދިނުމާ ގުޅިގެން ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުން.

- ސްކޫލުގެ ކޯކަރިކިއުލަރ ހަރަކާތްތައް އެކަޑަމިކް ކަލަންޑަރުގައިވާގޮތުގެމަތިން ރާވައި ހިންގުމަށް މަސައްކަތްކުރުމާއި، މިކަމާގުޅޭ އެންމެހައި ރެކޯޑްތައް ބެލެހެއްޓުން.

- ކޮންމެ ޓާރމެއް ނިމުމުން، ބެލެނިވެރިންނަށް ފީޑްބެކް ދިނުމަށް ބޭއްވޭ ބައްދަލުވުންތައް ބޭއްވުމާއި، ފީޑްބެކް ފޯމުތައް ތައްޔާރުކުރުވުމާއި އެތަކެތި ބެލެހެއްޓުން.

- ދަރިވަރުންގެ ރެކޯޑް ފައިލްތައް ޤަވައިދުން ބެލެހެއްޓުމަށް ޓީޗަރުންނާ ހަވާލުކޮށް، އެތަކެތި ޤަވައިދުން ބަލަހައްޓާތޯ ބަލައި ޗެކްކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 10 ޖަނަވަރީ  2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފުރިހަމަކޮށްފައިވާ ސިވިލްސާވިސްގެ ވަޒީފާއަށް އެދޭފޯމާއި، މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ސްކޫލް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

 

އިންޓަރވިއު ކުރުން

ހ. އިންޓަވިއު އޮންނަތަނާއި ގަޑި އިޢުލާނުގެ މުއްދަތުހަމަވާތާ ރަސްމީ 03 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

  މަޤާމާގުޅޭ އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 7952913 ނަންބަރު ފޯނާއެވެ.

04 ޖަނަވަރީ 2018
ހޯދާ