ދިވެހިރާއްޖެ
ނަންބަރު: IUL)196-C/1/2018/02)
އިޢުލާން
މި އޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް މިއޮފީހުގެ ބޭނުމަށް ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫގައި ހުރި ޢިމާރާތެއް މަރާމާތު ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)196-C/1/2017/80) އިޢުލާނާ ގުޅިގެން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް އެއްވެސްފަރާތަކުން ވަޑައިނުގަންނަވާތީ އެ އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2018 ޖަނަވަރީ 07 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ޖަނަވަރީ 11 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު، ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް މިއޮފީހުގެ ނަންބަރު 3003291 / 9941794 އާ ގުޅުވުންއެދެމެވެ.
16 ރަބީޢުލްއާޚިރު 1439