ދިވެހިރާއްޖެ
ހިތަދޫ ޕޯޓް ލިމިޓެޑް
ހިތަދޫ، ދިވެހިރާއްޖެ
HPL/ I-2018/01ނަންބަރު:
އިޢުލާން
މި ކުންފުނީގެ މިދަންނަވާ މަޤާމަށް މީހަކުބޭނުންވެއްޖެ.
މަޤާމް: އެސިސްޓެންޓެ މެނޭޖަރ އެޑްމިނިސްޓްރޭޝަން ގރ.1
އަސާސީ މުސާރަ: -/6380ރ
ބޭނުންވާ ޢަދަދު: 01
ފެންވަރު ނުވަތަ ޝަރުތު(ތަޢުލީމާއި ތަޖުރިބާ):
1. އިނގިރޭސި ހިމެނޭގޮތަށް ސާނަވީ އިމްތިހާނަކުން 03 މާއްދައިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" އަދި "އިސްލާމް" މިދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ނުވަތަ
2. މި މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 02 އަހަރު އުޅެ ތަޖްރިބާ ލިބިފައިވުން، ނުވަތަ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
3. ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތުކުރަން އެނގުން.
އިތުރުމަޢުލޫމާތު: މި މަޤާމްތަކަށް މުސާރައިގެ އިތުރުން ހާރޑްޝިޕް އެލަވަންސް، ރިސްކް އެލަވަންސް އަދި އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
ސިޓީ ފޮނުއްވުމުގެ މުއްދަތަކީ 11 ޖަނަވަރީ 2018 ގެ 15:30 ކުރިންނެވެ. ސިޓީ ހުށަހަޅުއްވާއިރު ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީއާއި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއިއެކު) ހުށަހަޅުއްވަންވާނެއެވެ. ކުރިން އެހެން ވަޒީފާއެއް އަދާކޮށްފައިވާނަމަ އެތަނަކާއި، އުޅެފައިވާ މުއްދަތު އަދި މަޤާމް އެގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުތުހަމަވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 8558 688 އަށް ގުޅުއްވުން އެދެމެވެ.
15 ރަބީލްއާޙިރާ 1439
02 ޖަނަވަރީ 2018