މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީގެ ފަރާތުން ބަލަހައްޓަމުން އަންނަ ހުރަވީ ބިލްޑިންގ އާއި ޣާޒީ ބިލްޑިންގ ޢިމާރާތުގެ ސެކިއުރިޓީ 1 އަހަރު ދުވަހަށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި މިނިސްޓްރީގެ ފަރާތުން ބަލަހައްޓަމުންއަންނަ ހުރަވީ އަދި ޣާޒީ ބިލްޑިންގ ގެ ސެކިއުރިޓީ އެއް އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ : (IUL)138-AS6/1/2017/267 (21 ނޮވެންބަރު 2017) އިޢުލާނާއި ގުޅިގެން ދޫކުރެވުނު މަޢުލޫމާތު ކަރުދާސް ބަދަލުވުމުގެ ސަބަބުން، އެ އިޢުލާން ބާޠިލްކޮށް މި މަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖަނަވަރީ 04 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޖަނަވަރީ 08 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.       

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ޖަނަވަރީ 04 ވާ ބުރާސްފަތި ދުވަހުގެ 12:30 އިން ފެށިގެން 2018 ޖަނަވަރީ 08 ވާ ހޯމަ ދުވަހުގެ 10:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. 

02 ޖަނަވަރީ 2018
ހޯދާ