ދިވެހިރާއްޖެ
މިރަށުގައި އަޅާ ކުނިކޮށީ ގައި ބޭނުންކުރުމަށް ޕަވަރ ގޭޓްއެއް މިކައުންސިލް އަށް ބޭނުންވެއްޖެއެވެ.
ވީމާ ތިރީގައި މިދަންނަވާ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލްއަށް ޕަވަރ ގޭޓްއެއް ފޯރުކޮއްދޭނެ ފަރާތްތަކުން 17 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ 13:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 28 ޖަނަވަރީ 2018 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އަންދާސީ ހިސާބް މިކައުންސިލްއަށް ހުށަހެޅުއްވުން އެދެމެވެ.
- ބުރޭންޑް : ޓޮޔޯޓާ/އިސުޒު/ނިޝާން
- މޮޑެލް : ޕަވަރ ގޭޓް
- ޓުރާންސްމިޝަން : އޮޓޮމެޓިކް/މެނުއަލް
- އަހަރު : 2012ގެ ފަސް
- ފިއުލް : ޑީސަލް
- މައިލޭޖް : 8000 ކިލޯމީޓަރ – 30000 ކިލޯމީޓަރ
- އުފުލޭ މިންވަރު : 2000 ކިލޯ/ (02 ޓަން)
- ވޮރެންޓީ : 1 އަހަރު
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިކައުންސިލްގެ ނަންބަރު 6800730، 9655050 އަށް ގުޅުއްވައި އަދި އީމެއިލް އެޑްރެސް [email protected] މެއިލް ކޮއްދެއްވުން އެދެމެވެ.
މިހެންވެ މިކަން އަންގާ އިޢުލާން ކުރީމެވެ.