މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 4/27 ، އިމާރާތްކުރުމުގެ ޤާނޫނު ތަރުޖަމާ ކޮށްދޭނެ ފަރާތެއް ހޯދުން

"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުއަކީ މިމިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ އެން އެންވަޔަރަންމަންޓް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުގެ ދާއިރާއިން ޖައްވަށްބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި އަދި ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ. މިގޮތުން މިކަމާގުޅުންހުރި ސިޔާސަތުތަކާއި އަދި މިންގަނޑުތައް އެކުލަވާލުން ވެސް މިމަޝްރޫޢުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިމަޝްރޫއުގެ ދަށުން ޤާނޫނު ނަންބަރު 4/2017 ، ޢިމާރާތްކުރުމުގެ ޤާނޫނު ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 16 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް، މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " ގައިބަޔާންކޮށްފައިވާ ގޮތަށް ބީލަންހުށަހެޅުއްވުން އެދެމެވެ.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

އީމެއިލް : [email protected]

02 ޖަނަވަރީ 2018
ހޯދާ