މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ހިންގާ "އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)" ޕްރޮޖެކްޓަށް ނޭޝަނަލް ކޮންސަލްޓަންޓެއް ހޯދުމާބެހޭ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ ހިލޭ އެހީގެ ދަށުން، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓާއި ގުޅިގެން ހިންގާ "އެންހާންސިންގް ނޭޝަނަލް ޑިވެލޮޕްމަންޓް ތުރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)" ޕްރޮޖެކްޓަކީ ރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ގުދުރަތީ މާޙައުލުގެ އެކައުންޓްސް ގައުމީ ރައުސުލްމާލުގެ ތެރޭގައި ހިމެނޭނެ ގޮތްތަކެއް ހޯދުމާއެކު އެ އެކައުންޓްސްގެ ބޭނުންކޮށްގެން ފަރުގެ މާޙައުލާއި، ގުޅިފައިވާ ގުދުރަތީ ނިޒާމުތައް ރައްކާތެރިކޮށް ދަމަހައްޓައި، މާޙައުލީ ނިޒާމުތަކުގެ ދުޅަހެޔޮކަން އިތުރުކޮށް ވިލުން އިތުރުކުރުކޮށް، ތަރައްޤީގެ މަޝްރޫއުތަކުން ލިބޭ ނޭދެވޭ ގެއްލުން ކުޑަކުރެވޭނެ ގޮތްތަކެއް ހޯދައި އެފަދަ ގޮތްތައް ނަކަލް ކުރެވޭނެ ނިޒާމެއް ހޯދުމަށް މަގުފަހިކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިއުމުގެ ގޮތުން ތަފްސީލީ ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ. މިގޮތުން މި ޕްރޮޕޯސަލް ތައްޔާރުކުރުމަށް އައްޔަންކޮށްފައިވާ އިސް ކޮންސަލްޓެންޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މި ޕްރޮޕޯސަލް ތައްޔާރުކުރުމަށް ބޭނުންވާ ތަފާތު މަސައްކަތްތައް ކުރުމަށާއި، ކަމާބެހޭ ފަރާތްތަކާއެކު ވިލަރެސް ކުރުމަށާއި، ބޭނުންވާ މައުލޫމާތު އެއްކޮށް ތަހުލީލުކޮށް އަދި ޕްރޮޖެންޓް ޑިޒައިން އައް ލަފާދިނުމަށްޓަކައި ކޮންސަލްޓަންޓަކު ހޯދުމަށް މިމިނިސްޓްރީން ބޭނުންވެއެވެ.

މި ކޮންސަލްޓެންސީގައި ހިމެނޭ މަސައްކަތްތަކުގެ ތަފްސީލު "ޓާރމްސް އޮފް ރެފަރެންސް" މިމިނިސްޓްރީއިންނާއި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ.

ނޭޝަނަލް ކޮންސަލްޓަންޓް މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

 

-ނެޗުރަލް ރިސޯސް / ބައޯޑައިވާސިޓީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި،

-ތިމާވެށީގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 7 އަހަރުގެ ތަޖުރިބާ ހުރުމާއެކު، އޭގެތެރެއިން މަދުވެގެން 3 އަހަރު ދިވެހިރާއްޖޭގައި މަސައްކަތްކޮށްފައިވުން

-ކަމާބެހޭ ފަރާތްތަކާއި އެކު މަޝްވަރާކުރުމާއި، މަޝްވަރާކުރުމުގައި އެންމެ ފަހުގެ ގޮތްތަކާއި "ޖެންޑަރ އިންކްލޫސިވް މެތަޑް" ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވުން

-ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތައް، އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖައްމިއްޔާތަކާއިއެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން

-ދިވެހި އަދި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތްކޮށް، ލިޔަން ކިޔަން އެނގުން

-ޕްރޮޖެކްޓް އެކުލަވާލާ ރޭވުމުގައި ތަޖުރިބާ ލިބިފައިވުން

-ނެޗުރަލް ކެޕިޓަލް އާއި ގުދުރަތީ މާހައުލާއި ވަސީލަތްތަކުގެ އެކައުންޓްސް އާއި ގުޅޭ މައުލޫމާތު ހުރުން

-ޓީ.އޯ.އަރ. ގައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އެހެނިހެން ސްކިލްސް، މިސާލަކަށް، ކޮމްޕިއުޓަރ އަދި ތަފާތު ޕްރޮގްރާމްތަކުގެ ހުނަރު ހުރުން

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ސޮއި ކުރެވޭނީ 10 މަސް ދުވަހަގެ ކޮންޓްރެކްޓެއްގައެވެ. މި 10 މަސް ދުވަހުގެ ތެރެއިން މަސައްކަތުގައި ހޭދަވުމަށް ހަމަޖެހިފައިވަނީ 70 ދުވަހުއެވެ.

އުޖޫރަ

- އުޖޫރަ ހަމަޖެހޭނީ ޓީ.އޯ.އަރ.ގެ ސެކްޝަން 6 އަދި 7 ގައި ހިމެނިފައިވާ ގޮތުގެ މަތިން 70 ދުވަހުގެ މުސާރަ ދުވާލަކަށް -/3,855 ދިވެހިރުފިޔާގެ މަގުންނެވެ.

ވީމާ، މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް

-ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)

-ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ލިބިފައިވާ ތައުލީމާއި ތަޖުރިބާތަކާއި ރެފްރީއިންގެ މައުލޫމާތު ހިމެނޭ)

-ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

-ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.

-މަސައްކަތަށް ބޭނުންވާ ތަޖުރިބާތަކާއި ހުނަރުތަކުގެ ހެކި

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 15 ޖަނަވަރީ 2018 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައި ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

“Local Consultant for the PPG of ENDhERI Project”

ޕްރޮކިއޮމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

އިތުރު މައުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018357  ,   3018371 އަށް ގުޅުއްވުން އެދެމެވެ.

  

02 ޖަނަވަރީ 2018
ހޯދާ