ދިވެހިރާއްޖެ
އިއުލާން
ނަންބަރު: GS106/2017/IU/045
މި ސްކޫލުގެ ހޯލު އިމާރާތުގައި ކުލަލައިދިނުމާ ބެހޭ:
މިސްކޫލުގެ ހޯލު އިމާރާތުގެ އެތެރެއާއި ބޭރުގައި ކުލަލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2 ޖެނުވަރީ 2018 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 4 ޖެނުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރުން |
ބިޑް ހުށަހެޅުން |
ތާރީޙް: 2 ޖެނުވަރީ 2018 (އަންގާރަ) |
ތާރީޙް: 4 ޖެނުވަރީ 2017 (ބުރާސްފަތި) |
ގަޑި: 13:00 / ތަން: މާއުނގޫދޫ ސްކޫލް (އޮފީސް) |
ގަޑި: 13:00 / ތަން: މާއުނގޫދޫ ސްކޫލް (އޮފީސް) |
މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
10 ރަބީޢުލްއާޚިރު 1439