ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ލީގަލް ކައުންސިލް

މިއޮތޯރިޓީއަށް ލީގަލް ކޮންސަލްޓަންޓެއްގެ ގޮތުގައި ކޮންޓްރެކްޓް އުސޫލުން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، ކޮންސަލްޓެންސީ ދޭނެ ފަރާތެއް ބޭނުންވެއެވެ.

 

ބޭނުންވާ ޢަދަދު: 01 (އެކެއް)

މަސައްކަތްކުރަންޖެހޭ ގަޑި:  ހެނދުނު 8:00 އިން މެންދުރު ފަހު 3:00 އަށް (ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ)

ޝަރުތު:  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ޤާނޫނީ ދާއިރާއިން، މާސްޓަރސް ނުވަތަ ބެޗެލަރސްް ޑިގްރީއެއް އޮތުން

ރިމިއުނެރޭޝަން ޕެކޭޖް:.30,000.00 ރުފިޔާ

 

މި ކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތުތައް ލިއުމުން ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު

ކަރިކިއުލަމް ވިޓާ (ސީވީ)

އައި.ޑީ.ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

 

ނޯޓް:

މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި އިންޓަރވިއު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

 

ލީގަލް ކައުންސިލްގެ TOR އޮތޯރިޓީގެ ވެބްސައިޓުގެ http://cmda.gov.mv/assets/Announcements/TOR/TOR-Legal-Consultant-Dec-2017.pdf ލިންކުން ލިބެން ހުންނާނެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 17 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

 

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރުއަޙްމަދު މަގު/ މާލެ.

ފޯނު:3336619 / 3014105،  ފެކްސް:3336624

އީމެއިލް: [email protected]    ވެބްސައިޓް: www.cmda.gov.mv

 10 ރަބީޢުލްއާޚިރު 1439

28 ޑިސެންބަރު 2017

28 ޑިސެންބަރު 2017
ހޯދާ