ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
މި ސުކޫލްގެ ޢިމާރާތްތަކުގެ ބައެއްމަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިއުލާން

މި ސުކޫލްގެ ޢިމާރާތްތަކުގެ ބައެއްމަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ:

 މި ސުކޫލްގެ ޢިމާރާތްތަކުގެ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ GS-72/IUL/2017/22  އިއުލާން ގައި މައުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހަކީ ( 31 ޑިސެމްބަރ 2017 ) ރަސްމީ ބައްދު ދުވަހަކަށް ވުމާއިގުޅިގެން އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

މި ސުކޫލްގެ ޢިމާރާތްތަކުގެ މަރާމާތު އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                  މިސްކޫލުގެ ޢިމާރާތްތަކުގެ ބައެއްމަރާމާތު އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

                  އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރ 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

                  މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް 6528041 ނަންބަރު ފޯނަށެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށައެޅުމާއި ބަލައިގަތުން

2018 ޖެނުއަރީ 4 ވަނަ ދުވަހުގެ 13:00 ގައި ސްކޫލްގެ އޮފީހުގައި

( މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވެއްޖެނަމަ ދެން މައުލޫމާތު ސާފުކުރުން އޮންނާނީ އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައެވެ.)

2018 ޖެނުއަރީ 10 ވަނަ ދުވަހުގެ 13:00ގައި ސްކޫލްގެ އޮފީހުގައި

28 ޑިސެންބަރު 2017
ހޯދާ