މަކުނުދޫ މަަދަރުސާ، ހދ. މަކުނުދޫ
ދިވެހިރާއްޖެ
2018 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

2018 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

           މިސްކޫލުން ކުރި އިޢުލާނު ނަމްބަރ GS97/IUL/2017/038 އާއި ގުޅިގެން ހުށައަޅާފައިވާ ބިޑްތަކުގެ އަގު ބޮޑު ވުމުގެ ސަބަބުން އެއިޢުލާނު ބާޠިލްކޮށް 2018  ވަނަ އަހަރު ގެ ޖަނަވަރީ 20 ވަނަދުވަހުން ފެށިގެން 2018 ޑިސެމްބަރ 31ވަނަ ދުވަހުގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އިޢުލާނު ކުރަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2018 ޖެނުއަރީ 07 ވާ އާދީއްތަދުވަހުގެ 1.00 އަށް މަކުނުދޫ ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، 2018 ޖެނުއަރީ 14 ވާ އާދީއްތަ ދުވަހުގެ 1:00ގައި އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރައްވަން ނުވަތަ ބީލަން ހުށަހަޅުއްވަން  ޙާޟިރުވެލައްވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލު ކުރައްވަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތެއްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ.  މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވެނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުޞޫލުން ރަޖިސްޓްރީ ކޮށްފައިނުވާ، އެއްވެސް ފަރުދަކަށްވެސް، ކުންފުންޏަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރ 6520529 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

28 ޑިސެމްބަރ 2017

28 ޑިސެންބަރު 2017
ހޯދާ