މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
2018 ވަނަ އަހަރު ސެކިއުރިޓީ އައުޓްސޯސްކުރުން

އިޢުލާން  

 

މިމަދަރުސާގެ  2018 ވަނަ އަހަރު ސެކިއުރިޓީ އައުޓްސޯސްކޮށް ޚިދުމަތްދޭނެ ފަރާތެއް ބޭނުންވެއްޖެ

ހއ.ކެލާ ޝެއިޚު އިބްރާހީމް ސްކޫލް، 2018 ވަނަ އަހަރު ސެކިއުރިޓީ އައުޓްސޯސްކޮށް ޚިދުމަތްދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ. ވީމާ މިޚިދުމަތްދެންވަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި އެހެން ފަރާތެއް ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއްހައިސިއްޔަތަކުންނެވެ. މަޢުލޫމާތުސާފްކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، މިބައްދަލުވުން ނިންމުނުކަން، މަޢުލޫމާތުސާފްކުރުމުގެ ބައްދަލުވުމުގައި އިޢުލާން ކުރުމުގެ ކުރިން، މަޢުލޫމާތުސާފްކުރުމުގެ ބައްދަލުވުމުގައި  ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މިއީމިކަމަށް ކުރެވޭ ދެވަނަ އިޢުލާން ކަމުގައި ދަންނަވަމެވެ. އަދި މިކަމާއި ގުޅިގެން ކުރެވުން ނަންބަރ GS78/IULAAN/2017/17 އިޢުލާން، މިހާރުއަމަލުކުރަމުންދާ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ޤާނޫނާއި ގަވައިދަށް އަމަލުކުރަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެންގުމާއި ގުޅިގެން، ކެންސަލްކުރަމެވެ.

 މަޢުލޫމާތު ސާފުކުރުން ފެށޭގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

04 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 10:00

08 ޖަނަވަރީ 2018 ވާ ހޯމަ ދުވަހުގެ 10:00

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މިމަދަރުސާގެ އޭވީރޫމްގައެވެ.

 

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނާއެވެ.

28 ޑިސެންބަރު 2017
ހޯދާ