އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ޑިރެކްޓަރ ޖެނެރަލް

ނަންބަރު: IUL32-A4-HR/1/2017/92

 

އިޢުލާން

 

މަޤާމް

ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު

J269259

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (2 އަހަރު)

މަޤާމުގެ ރޭންކް:

(އީ.އެކްސް.5)

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ ޖެނެރަލް

ސެކްޝަން:

އެޑްމިނިސްޓްރޭޝަން ޑިވިޜަން

މަޤާމު އޮތް އޮފީސް:

އެޓަރނީ ޖެނެރަލްގެ އޮފީސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެޓަރނީ ޖެނެރަލްގެ އޮފީސް / މާލެ

މުސާރަ:

13,890 (ތޭރަހާސް އަށްސަތޭކަ ނުވަދިހަ) ރުފިޔާ

ސަރވިސް އެލަވަންސް:

2,000 (ދެހާސް) ރުފިޔާ

އިތުރު ޢިނާޔަތްތައް

  1. އެޓަރނީ ޖެނެރަލްގެ އޮފީސް އެލަވަންސް: އަސާސީ މުސާރައިގެ %35
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  1. ޑިވިޜަންގެ މަސައްކަތްތައް ގޮތުގައި ކަނޑައެޅިފައިވާ އެންމެހައި މަސައްކަތެއް ރާވާ ހިންގައި ބެލެހެއްޓުން.
  2. ޑިވިޜަންގެ މަސައްކަތްތަކާ ގުޅޭ އަހަރީ ވަރކްޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތަކާ އެއްގޮތަށް މަސައްކަތްތައް ހިންގުން.
  3. ޑިވިޜަންގެ މަސައްކަތްތަކާއި އޮފީހުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ދިރާސާކުރުމާއި، އެ ދިރާސާތަކުގެ އަލީގައި ސީނިއަރ މެނޭޖްމަންޓް ކޮމިޓީއަށް އަރުވަންޖެހޭ ލަފާ އެރުވުން.
  4. އޮފީހުގެ ފައިސާއާއި ބަޖެޓުގެ މަސައްކަތްތަކާއި އޮފީހަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ހޯދުމުގެ އެންމެހައި މަސައްކަތެއް ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އިންތިޒާމްކޮށް ހިނގަމުންދާކަން ކަށަވަރުކުރުން.
  5. އޮފީހުގެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހައި ކަންކަމާއި، މުވައްޒަފުން ތަރައްޤީކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންނާ ގުޅުންހުރި އެންމެހައި ކަންކަމެއް މުވައްޒަފުންނާބެހޭ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އިންތިޒާމްކޮށް ހިނގަމުންދާކަން ކަށަވަރުކުރުން.
  6. އޮފީހުގެ ސްޓްރެޓީޖިކް ޕްލޭންތަކާއި އެއްގޮތަށް މަސައްކަތް ކުރިއަށްދާގޮތް މޮނިޓަރކުރުމާއި، ޕްލޭން މުރާޖަޢާކޮށް އިސްލާހުކުރުމުގެ މަސައްކަތް ސީނިއަރ މެނޭޖްމަންޓް ކޮމިޓީގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރުން.
  7. އޮފީހުގެ ހިންގުމާއި މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި އައިސީޓީގެ މަސައްކަތްތައް އިންތިޒާމްކޮށް މަސައްކަތްކުރުވުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް ޕޮލިސީ/ ބިޒްނަސް އެޑްމިނިސްޓްރޭޝަން /ބިޒްނަސް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް / އާރޓްސް (ދިވެހި ލޭންގުއޭޖް/ އިންގްލިޝް ލެންގުއޭޖް އެންޑް ކޮމިއުނިކޭޝަން/ ލެންގުއޭޖް ޔޫސް)/ ޖަރނަލިޒަމް/ އިންފޮމޭޝަން ސިސްޓަމްސް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ހިއުމަން ރިސޯސް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް ޕޮލިސީ/ ބިޒްނަސް އެޑްމިނިސްޓްރޭޝަން /ބިޒްނަސް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް / އާރޓްސް (ދިވެހި ލޭންގުއޭޖް/ އިންގްލިޝް ލެންގުއޭޖް އެންޑް ކޮމިއުނިކޭޝަން/ ލެންގުއޭޖް ޔޫސް)/ ޖަރނަލިޒަމް/ އިންފޮމޭޝަން ސިސްޓަމްސް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ހިއުމަން ރިސޯސް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް ޕޮލިސީ/ ބިޒްނަސް އެޑްމިނިސްޓްރޭޝަން /ބިޒްނަސް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް / އާރޓްސް (ދިވެހި ލޭންގުއޭޖް/ އިންގްލިޝް ލެންގުއޭޖް އެންޑް ކޮމިއުނިކޭޝަން/ ލެންގުއޭޖް ޔޫސް)/ ޖަރނަލިޒަމް/ އިންފޮމޭޝަން ސިސްޓަމްސް ދާއިރާއަކުން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު

-          ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

-          ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތަން:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) (މި އޮފީހުގެ ވެބްސައިޓުގައިވާ ނަމޫނާއާ އެއްގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.agoffice.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، އެޓަރނީ ޖެނެރަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. ފެކްސް ނަންބަރަކީ، 3314109 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2018 ވަނަ އަހަރުގެ ޖަނަވަރީ ނުވަތަ ފެބުރުވަރީ މަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ  %35ސިވިލް ސަރވިސް ކޮމިޝަންގެ ސަރކިއުލަރ ނޯޓު ނަންބަރު 188-PSM/CIR/2016/112 (20 ޑިސެންބަރު 2016)

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3314109 އެވެ. އީ-މެއިލްކުރާނީ [email protected] އަށެވެ.

               

                          09  ރަބީޢުލްއާޚިރު   1439 

27 ޑިސެންބަރު 2017
ހޯދާ