ދިވެހިރާއްޖެ
ހުޅުމާލޭ ފިއުލްޝެޑްގެ ރީޓެއިލް ސްޓޯރ ކުއްޔަށް ދިނުމާއި ބެހޭ
ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީ ކޮށްފައިވާ ފިއުލް ޝެޑްގެ ރީޓެއިލް ސްޓޯރ ކުއްޔަށް ދިނުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނު (ނަންބަރު: FSM-ADV-2017/054) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން މިފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ރީޓެއިލް ސްޓޯރ ކުއްޔަށް ބައްލަވައިގަންނަވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 02 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ 11:00 އަށް އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 14 ޖެނުއަރީ 2018 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3331457 ނުވަތަ 3331453 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.