ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 198A/2017/101
|
ތާރީޚް: 26 ޑިސެންބަރު 2017
|
މަޤާމު
|
އޮފީސް އެސިސްޓެންޓް
|
ރޭންކް: އެސް.އެސް 2
|
ޢަދަދު
|
01
|
މަސައްކަތްކުރަންޖެހޭ ތަން
|
ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓު
|
އަސާސީ މުސާރަ
|
-/3,470ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %35
- ސަރވިސް އެލަވަންސް: -/1,000
- ލިވިންގ އެލަވަންސް: -/2,550
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
|
އަސާސީ ޝަރުޠު
|
- ލިޔަންކިޔަން ދަތުމާއިއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް، ލައިސަނެއް، ސަނަދެއް ނުވަތަ ހުއްދައެއް ހާޞިލްކޮށްފައިވުން، ނުވަތަ
- މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިޔުމާއެކު އެސް.އެސް 1 ރޭންކުގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
އެހެނިހެން ޝަރުޠު
|
- A1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން.
- ދުޅަހެޔޮ ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
- ކޯޓުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔުންތަކާއި، ޗިޓްތަށް ރައްދުކުރުމުގެ މަސައްކަތްކުރުން އަދި ޙަވާލުނުކުރެވޭ ޗިޓްތަކުގެ މަޢުލޫމާތު ކަނޑައެޅިފައިވާ ޤަވާޢިދާ އެއްގޮތަށް ކަމާގުޅޭ މުވައްޒަފުންނާ ހިއްޞާކުރުން.
- ކޯޓުން އެކިރަށްރަށަށް ފޮނުވާ ތަކެތި ޕާރސަލްކޮށް، ބޯޓުތަކަށް ގެންގޮސް އެތަކެތި ފޮނުވުމުގެ މަސައްކަތްކުރުން.
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި އަދި އެހެނިހެން ފަރާތްތަކުންވެސް ކޯޓަށް ފޮނުވާ ތަކެތި ބޯޓަށް ބަލާގޮސް އެތަކެއްޗާ ޙަވާލުވުމާއި އަދި އެތަކެތި ކޯޓަށް ގެނައުމުގެ މަސައްކަތްކުރުން.
- ކޯޓަށް ގެނެވޭ ފަރުނީޗަރުފަދަ ތަކެތި ގެނެސް ރޭވުމުގެ މަސައްކަތްކުރުން.
- ރަސްމީ ބޭނުމަށް ކޯޓުގައި ގެންގުޅޭ ސައިކަލް ދޮވެ ސާފުކޮށް ބެލެހެއްޓުން.
- ކޯޓުގެ އިދާރާތެރެ ކޯޓުން އަންގާ ތާވަލަކާ އެއްގޮތަށް ފޮޅާ ސާފުކޮށް ބެލެހެއްޓުން.
- ކޯޓުގެ ދިދަނެގުމާއި ދިދަބޭލުމުގެ މަސައްކަތް ކުރަންޖެހޭ ހާލަތެއްގައި ކުރުން.
- ކޯޓުގެ މެއިންޓެނެންސާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންތައް ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންތައް ހައްލުކުރުމުގެ މަސައްކަތް ވެރިންގެ މަޝްވަރާގެ މަތިން ކުރުން.
- އިދާރީ ގޮތުން ކޯޓުން ކުރާ މަސައްކަތުގައި އެހީތެރިވުން.
|
ހުށަހަޅަންޖެހޭ ތަކެތި
|
1- ޝަރުޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް
2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
5- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
|
ސުންގަޑި
|
2018 ޖަނަވަރީ 09 ވާ އަންގާރަ ދުވަހުގެ 14:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނުވަތަ ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މި ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި، ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން އަދި މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.
- ރީތިބަހުން މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވާ ފަރާތަކަށްވުން.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|