މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މާކުރަތު އުތުރުފަރާތު ބަނދަރުގެ އިރުމަތީފަޅި ސާފުކުރުން

އިޢުލާން

ރ.މާކުރަތު އުތުރުފަރާތު ބަނދަރުގެ އިރުމަތީފަޅި ސާފުކުރުން

މިއިދާރާގެ ނަންބަރު: (IUL)305/305/2017/91 (17 ޑިސެމްބަރ 2017) އިޢުލާނާއި ހަވާލާދީ ދަންނަމަވެ.

ރ. މާކުރަތު އުތުރު ފަރާތު ބަނދަރުގެ އިރުމަތީފަޅި ސާފުކުރުމުގެ މަސައްކަތް މިކައުންސިލުން މިގެން ދަނީ ކުރަމުންނެވެ. މިސަރަޙައްދުގައި ހުރި ތަކެތި ނެގުމަށް ހަވާލާ ދެވިފައިވާ އިޢުލާނު އާންމުކުރުމާގުޅިގެން 25 ޑިސެމްބަރ 2017 ގެ ކުރިންވަނީ ވަރަށް ގިނަފަރާތްތަކަކުން އެސަރަޙައްދުގައިހުރި ތަކެތި ނަގާ ސާފުކޮށްފައެވެ. މިހެން ކަމުން އެފަރާތްތަކަށް މިކައުންސިލުގެ ފަރާތުން ޝުކުރު ދަންނަވަމެވެ. ނަމަވެސް އަދިވެސް ބައެއް ތަކެތި ނުގެން ގޮސް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ. މީގެ ތެރޭގައި ލަކުޑި، ސިމެންތި ވަޅުބުރި، ރަބަރު ޓަޔަރ، ބޮނބި، ދަރު  ފަދަތަކެތި ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ.  މިހެން ކަމުން މިތަކެތި މިއަދުން ފެށީގެން 03 ދުވަސްތެރޭ، 30 ޑިސެމްބަރ 2017 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނަގާ ބިންސާފުކުރުން އެދެމެވެ. މި މުއްދަތު ހަމަވާއިރު ނުނަގައިފިނަމަ އެތަކެއްޗަކީ ވެރިޔަކު ނެތި ދޫކޮށްލެވިފައިވާ ތަކެތީގެ ގޮތުގައި ބަލާ މިކައުންސިލުން އެތަކެތި ނަގާ ބިންސާފުކުރާނެވާހަކަ ދެންނެވީމެވެ. އަދި މިތަކެތި ނެގުމުގެ ތެރޭގައި ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މިކައުންސިލުން ނުނަގާނެ ވާހަކަ ދެންނެވީމެވެ.  

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

27 ޑިސެންބަރު 2017
ހޯދާ