ދިވެހިރާއްޖެ
މަދްރަސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ ކީރިތި ޤުރުއާން މާއްދާގެ ކީ ސްޓޭޖް 5 (ގްރޭޑް 11، 12) ގެ ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ ފޮތްތަކުގެ މަސައްކަތް ސްޕަރވައިޒް ކުރުމާއި، މަސައްކަތް ދަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯ ބައްލަވައި އިސްލާޙުކޮށް ދެއްވާނެ ފަރާތެއް ހޯދުމަށް މި އިންސްޓިޓިއުޓުން ކުރެވުނު ނަންބަރު: 1/2017/42/(IUL)451-FP އިޢުލާނާގުޅިގެން ބިޑު ހުށަހަޅުއްފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ މިކަން ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަންކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގ 02ވަނަފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
2017 ޖެނުއަރި 08 ވަނަ ދުވަހުގެ13:00 ށް |
2017 ޖެނުއަރީ 15 ވަނަ ދުވަހުގެ 13:00ށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023511ނަމްބަރ ފޯނާއެވެ.